ވެއްޓުނު ރުކުން ޖެހި އަނިޔާވި ތިން މީހުން އިތުރު ފަރުވާއަށް މާލެއަށް

ވެއްޓުނު ރުކުން ޖެހި އަނިޔާވި ތިން މީހުން އިތުރު ފަރުވާއަށް މާލެއަށް

Author
ހުސެއިން
28 ފެބްރުއަރީ 2023 05:24
0

ތ. ބުރުނީގައި އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން ރުކެއް އުފުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ރުއް ވެއްޓި، އަދި ވެއްޓުނު ރުކުން ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. އެމީހުންނަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި ހަފްތާގެ އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންގެ ތެރެއިން އެކަކުވަނީ އެހާދިސާ ހިނގި ވަގުތު މަރުވެފައެވެ.

މި ހިނގި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން، އެ ރަށުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެމީހުން އެންމެ ފުރަތަމަ ގެންދެވުނީ ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ހޮސްޕިޓަލަށެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެރަށުގެ ގޮނޑު ދޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އެމްޓީސީސީން، ބީޗް ސަރަހައްދުގައި އޮތް ގޮވައްޗެއްގައި ހުރި ރުއްތަކެއް ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައެވެ.

މިހާދިސާއާ ގުޅޭ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.