އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން، ގފަސް ސީޒަނަށް ފަހު ތަށްޓެއް އުފުލާލައިފިއެވެ.
2017 ވަނަ އަހަރަށްފަހު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ އިނގިރޭސި ލީގު ކަޕެވެ. މި ކަޕު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލި ކޮށްގެންނެވެ.
ވެމްބްލީ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައި ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އަދި ޔުނައިޓެޑުގެ ޑިފެންސަށް ކުޅެމުން އަންނަ ކަސެމީރޯއެވެ. ކަސެމީރޯ މި ގޯލު ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ލޫކް ޝޯ ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ޔުނައިޓެޑްގެ ދެވަނަ ގޯލަކީ މެޗުގެ 39 ވަނަ މިނެޓުގައި ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ މާކަސް ރަޝްފޯޑު ފޮނުވާލި ބާރު ބޯޅައަކުން ވަން ގޯލެކެވެ. އެބޯޅަ ގޯލަށް ވަދެފައިވަނީ ނިއުކާސަލްގެ ޑިފެންޑަރު ވެން ބޮޓްމަން ގައިގައި ޖެހިގެން ކަމަށްވާތީ ގޯލު ނިންމާފައިވަނީ ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާއަކުން ނިމިގެން ދިޔަ ނަމަވެސް، ނިއުކާސަލް އިން ވަނީ ނެތީޖާ އަނބުރާލުމަށް ވަރަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ނިއުކާސަލްއަށް އެކަން ކުރެވޭ ގޮތެއް ނުވިއެވެ.
މިއީ 2017 ވަނަ އަހަރު ފަހުން ޔުނައިޓެޑަށް ލިބުނު ފުރަތަމަ ތައްޓެވެ. އެންމެ ފަހުން ޔުނައިޓެޑުން އުފުލާފައިވަނީ ޔޫރަޕާ ލީގުގެ ތައްޓެވެ. އެ ތަށިވެސް ޔުނައިޓެޑުން އުފުލާފައިވަނީ އަޔަސް 2-0ގެ ނަތީޖާއަކުން ބަލިކޮށްގެން ކަން ފާހަގަ ކުރެވެއެވެ.
ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕް އުފުލާފައިވާއިރު، މި ސީޒަނުގައި ޕްރިމިއަރ ލީގުގެ ތައްޓާއި އެފްއޭ ކަޕްގެ ތަށި ހޯދުމުގެ ފުރުސަތު ވެސް ޔުނައިޓެޑަށް އެބަ އޮތެވެ. ޔުނައިޓެޑުން ހަ ވަނަ ފަހަރަށް ލީގު ތަށި ހޯދިއިރު، އެ ޓީމުން ކުރިން މި މުބާރާތް ކާމިޔާބުކުރީ 1992، 2006، 2009، 2010، 2017 އަދި 2023 އެވެ.