ތ. ބުރުނީގައި އެކްސްކަވޭޓަރެއް ބޭނުން ކޮށްގެން ރުކެއް އުފުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ރުއް ވެއްޓި، އަދި ވެއްޓުނު ރުކުން ޖެހި ބިދޭސީއަކު މަރުވެ، އިތުރު ބަޔަކަށް ސީރިއަސް އަނޔާތަކެއް ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އިތުރު 3 މީހަކަށެވެ. މި ހުރިހާ މީހުންނަކީވެސް ބިދޭސީންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މިއަދު ހަވީރު ހިނގި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން، އެ ރަށުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ އެންމެންވެސް ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ހޮސްޕިޓަލަށް ގެންދެވިފައެވެ.
ޚަބަރު އޮންލައިނަށް މައުލޫމާތު ދެމުން އެ ރަށުގެ މީހަކު ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެރަށުގެ ގޮނޑު ދޮށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އެމްޓީސީސީން، ބީޗް ސަރަހައްދުގައި އޮތް ގޮވައްޗެއްގައި ހުރި ރުއްތަކެއް ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ