ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެސް ނިންމުމުގެ ޖަލްސާގައިވެސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެސް ނިންމުމުގެ ޖަލްސާގައިވެސް ނަޝީދު ބައިވެރިވެ ވަޑައިގެންފި

Author
ހުސެއިން
26 ފެބްރުއަރީ 2023 09:57
0

ފާއިތުވެދިޔަ ހަފްތާ ބަންދުގައި ކުރިޔަށްދިޔަ ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ނިންމުމުގެ ޖަލްސާގައިވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ.

މިރޭ ކުރިޔަށްދާ ޖޭޕީގެ ގައުމި ކޮންފަރެންސްގެ ނިންމުމުގެ ޖަލްސާގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވާއިރު، އެމަނިކްފާނުވަނީ ގައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. އަދި ނަޝީދުވަނީ، ފާއިތުވެދިޔަ ގައުމީ ކޮންފަރެންސްގައި، ކޮންފަރެންސްގެ ބައިވެރިން، ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ގަރާރެއް ފާސް ކުރުމާއި ގުޅިގެން ޖޭޕީއަށާއި ޖުމުހޫރީ ޕާޓީއަށް މަރުހަބާވެސް ދަންނަވާފައެވެ.

މިރޭ ކުރިޔަށްދާ ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ނިންމުމުގެ ޖަލްސާގައި، ރައީސް ނަޝީދު ފިޔަވާ، އަދި ޖޭޕީގެ ސްލޮޓްގައި ކެބިނެޓްގައި ތިއްބެވި ބައެއް ވަޒީރުންނާއި، ޖޭޕީގެ ފަރާތުން ސަރުކާރުގެ އިސް އެހެން ބައެއް މަގާމްތަކުގައި ތިއްބެވި ބޭފުޅުން ފިޔަވާ ސަރުކާރަށް ނިސްބަތްވާ އިސް އެހެން އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

އަދި ވަކީން ޚާއްސަކޮށް ޖޭޕީގެ ސްލޮޓުގައި، ނާއިބު ރައީސްކަމަށް ވަޑައިގެންނެވި ފައިސަލް ނަސީމްގެ އިތުރުން، ޖޭޕީގެ ސްލޮޓުގައި ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމްގައި ހުންނެވި ޑރ. މައުސޫމުވެސް މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައި ނުގަންނަވާކަން ފަހަގަ ކޮށްލެވެއެވެ.

ނަޝީދު މިރޭ ކުރިޔަށްދާ، ޖޭޕީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ޖަލްސާގައިވެސް ބައިވެރިވެ ވަޑައިގަންނަވާއިރު، އެމަނިކްފާނާއި އަދި ސަޕޯޓަރުން ގެންދަވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ގާސިމު އިބުރާހިމް ނިކުންނެވުމަށް ބާރު އަޅުއްވަމުންނެވެ. އަދި ނަޝީދުވަނީ، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާސްފައި
ޖުމުހޫރީޕާޓީގައި ތިތިބީ ޔާމީނައް ލަޑުދީފައި އައިސް ތިބި ގޫޕެއް ގާސިމަކީ ސިކުޑިއެއް ހުރިމީހެއްނޫ ހައްދާލަންވަރަށްފަސޭވާނޭ ދޮވެލާފާ ފިލާރަށްކާވާނެ ތިގުރޫޕު