ކަޕިލް ޑްރަގް ބޭނުން ކުރާކަމަށް ތުހުމަތު ކުރުމުން، ވަރުގަދަ ރައްދެއްދީފި

ކަޕިލް ޑްރަގް ބޭނުން ކުރާކަމަށް ތުހުމަތު ކުރުމުން، ވަރުގަދަ ރައްދެއްދީފި

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2020 07:16
0

މީގެ ދުވަސްކޮޅެއްކުރިން މަޝްޙޫރު ކޮމޭޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިއާ ވަނީ ޑުރަގް ބޭނުންކުރާ މައްސަލައިގައި އެން.ސީ.ބީ އިން ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ގޭތެރެއިން ކެނަބިސް ވެސް ފެނިފައިވާއިރު، ކުރިން ޑްރަގް ބޭނުންކުރިކަމަށްވެސް އެއްބަސްވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ސޯޝަލް މީޑިޔާއާއި ނޫސްތަކުގެ ޚަބަރު ތަކުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، ބާރްތީ މަސައްކަތްކުރި "ކަޕިލް ޝަރްމާ ޝޯވ"ގެ މައި ތަރި ކަޕިލް ޝަރްމާ އާއި ގުޅޭގޮތުންވެސް މީހުން ވަހަކަ ދައްކާފައިވެއެވެ.

ޓްވިޓާގައި ރެންޑަމް މީހަކު ކުރި ޓްވީޓެއްގައި އޮތީ ބާރްތީވެސް ހައްޔަރުކުރުމުގެ ކުރިން ބޭނުން ނުކުރާކަމަށް ބުނިކަމަށާއި ހަމައެގޮތަށް ކަޕިލްވެސް އަތުލައިގަންނަންދެން ބޭނުންނުކުރަމޭ ބުނާނެކަމަށެވެ.

އަދި މި ޓްވީޓަށް ކަޕިލް ދިން ރައްދަކީ އަމިއްލަ ސައިޒުގެ ޓީޝާޓެއްފެހުމަށެވެ. އަދި ފަހުން މި ކޮމެންޓު އޭނާ ވަނީ ޑިލީޓުކޮށްފައެވެ.

ކަޕިލްގެ ސީރިއަސް ޓްވީޓްތަކަކީ މީގެ ކުރިންވެސް ވަރަށް ބޮޑަށް މީޑިއާތަކުންނާއި އާންމުންގެ އިތުރުން ފަންނާނަުންވެސް ޖޯކުގެ ގޮތުގައި ބޭނުންކުރި އެއްޗެހި ތަކެކެވެ. އެގޮތުން މީގެ އަހަރު ތަކެއް ކުރިން ޓެކްސް ދެއްކުމާއި ގުޅޭގޮތުން އޭނާކުރި ޓުވީޓް ގިނަބަޔަކު ޖޯކުގެ ގޮތުގައި ކަޕިލްއާއި ދިމާއަށް ބޭނުންކޮށްފައި ވެއެވެ.

ބާރްތީގެ ދެމަފިރިން މިހާރު ވަނީ ކަފާލާތުގެދަށުން ދޫކޮށްލާފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.