ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހައިކޯޓުގެ ހުކުމަށް ޖާގަ ދޭންވެގެން ފުއްގިރި މައްސަލައިގެ ޝަރީއަތުގައި ބުރަކި ޖެއްސުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން

ރައީސް ޔާމީން 6 މަސް ތެރޭ 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އަމުރުކޮށް

ރައީސް ޔާމީން 6 މަސް ތެރޭ 53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އަމުރުކޮށް

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅިއިރު ދައުލަތުން އެދިފައިވަނީ ލޯންޑާކުރިކަމަށް ސާބިތުވާ އެއް މިލިއަން ޑޮލަރާއި، އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ. ނަމަވެސް ކޯޓު ހުކުމްގައި އެކަމަށް ގޮތެއް ނިންމާފައެއް ނުވެއެވެ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައެވެ.

ދައުލަތުން ނަގަން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި މި ފައިސާއާ އެއްކޮށްފައިވާ 2،413،230 ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިސާ އެވެ. އެއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޢަދީބުމެން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭދޯ. ޝަަރުޢީ ނިޒާމް އިންސާފުވެރިވެގެން ގޮސް ކޯދުލާފަ. މައުމޫނު ވެލާނާގެ ދަމައިގަތް ގޮތަށް ދޫވެހި ދަމައިގަންނަން މިސަރުކާރުން ޖެހި މަޅިއަކާ ވައްތަރީ

Leave a Reply

Your email address will not be published. Required fields are marked *