ޝާލިންގެ އާ ސީރީޒް "ބޭކާބޫ" ގެ ޕްރޮމޯއެއް

ޝާލިންގެ އާ ސީރީޒް "ބޭކާބޫ" ގެ ޕްރޮމޯއެއް

Author
ފާތިމަތު ނާވީ
26 ފެބްރުއަރީ 2023 11:53
0

އެންމެ ފަހުން ކަލާސް ޗެނަލް އިން ގެެނެސް ދިން ރިއަލިޓީ ޓީވީ ޝޯވ "ބިގް ބޮސް" ސީޒަން 16 ގެ ގަދަ ފަހަކަށް ދިޔަ ޓީވީ އެކްޓަރު ޝާލިން ބެނޮޓްގެ އާ ސީރީޒް "ބޭގާބޫ" ގެ ޕްރޮމޯ ދައްކަން ފަށައިފި އެވެ.

ފެއަރީސް އާއި ޑީމޮންސްގެ ވަކި ދެ ދުނިޔެ  ދައްކުވައިދޭ މި ޝޯގައި ލީޑް ރޯލުން ފެނިގެންދާނީ ޝަލިން ބަނޯޓް، އީޝާ ސިންގް އަދި މޮނާލިސާ އެވެ. އެކްތާ ކަޕޫރުގެ ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކުރާ މި ޝޯއަކީ ޕަރީ އަކާއި ރަކްޝާއެއްގެ ޖާދުވީ ތަރިކަ ނޭނގޭ އެޕިކް ސާގާއެއްގެ ވަށައިގެން ގެނެސްދޭ ޝޯއެކެވެ. އެމީހުންގެ ޙަޤީޤީ އައިޑެންޓިޓީއާއި އެމީހުންގެ ދަރިފަސްކޮޅުގެ ބާރުތައް ދެނެގަތުމަށްފަހު ވާނީ ކިހިނެއް ހެއްޔެވެ؟

 

View this post on Instagram

 

A post shared by ColorsTV (@colorstv)

އައު ދަތުރެއް ފެށިކަމަށް ބުނެ ޝާލިން ވަނީ މި ޕްރޮމޯ އޭނާގެ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިއެވެ. ނަމަވެސް ޑްރާމާ ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ޕްރޮމޯގައި ބުނެފައިވަނީ ވަރަށް އަވަހަށް މި ޑްރާމާ ފެނިގެންދާނެ ކަމަށެވެ.

ކަލަރސްގެ އާ ފެންޓަސީ ރިވެންޖް ޑްރާމާ "ބޭކަބޫ" އަކީ ތަފާތު ދެ ޔުނިވާސްގެ ދެ މިސްޓިކަލް ދިރުންތަކެއްގެ ވާހަކަ ކިޔައިދޭ ޑްރާމާއެކެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.