ރިޒާ އަވަހާރަ ވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

ރިޒާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު ގައި

ރިޒާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒު ގައި

ގުޅުންހުރި

ރައްޔިތުން މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހިމް ރިޒާގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު މަސްޖިދު އަލް ސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި ބާއްވަން ނިންމައިފިއެވެ.

މުރުން 55 އަހަރުގައި ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ އިތުރުން ގުރައިދޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ ގުރައިދޫ، މާފުށި އަދި ގުޅީގައި ވެސް މެންބަރު ރިޒާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އޮންނާނެއެވެ. އެރަށްރަށުގައި ވެސް ކަށުނަމާދު ކުރުން އޮންނާނީ ހުކުރު ނަމާދަށް ފަހުއެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ މެއި 28، 2009 އިން ފެށިގެން އަވަހާރަވުމާ ހަމައަށް ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އޭނާއަކީ ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ ޑީއާރުޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވިއެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ރިޒާ އަކީ އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. ރިޒާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ހަތަރު އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ