މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަށް ހިންގުމަށްޓަކައި، 36.8 މިލިޔަން ރުފިޔާ ދޫކުރުމަށް ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅުމުން، ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި 36,896,088.00 ރުފިޔާ 6 ޕާޓީއަކަށް، ދޫކުރާގޮތަށް ފާސްކޮށްފައެވެ.
10،000 މެމްބަރުން ހަމަވާ ޕާޓީތަށް:
1. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) 58،175 މެމްބަރުން
2. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) 32،327 މެމްބަރުން
3. ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) 17،913 މެމްބަރުން
4. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) 11،401 މެމްބަރުން
5. މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމް. އެން. ޕީ) 10،424 މެމްބަރުން
6. ޢަދާލަތު ޕާޓީ (އޭ.ޕީ) 10،239 މެމްބަރުން
ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީ އަށް ހުށަހެޅުމުން، ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން ކަނޑައެޅުއްވި 36,896,088.00 ރުފިޔާ 6 ޕާޓީއަކަށް، ދޫކުރާގޮތަށް މިއަދު ކޮމިޝަނުން ނިންމައިފި.@ElectionsMv @MDPSecretariat @ProgressPartyMV @Jumhooree_MV
— Ismail Habeeb (@IsmailHabeeb) February 22, 2023
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. ޕާޓީތަކަށް އިލެކްޝަނުން ފައިސާ ދޫކުރަނީ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. އަދި ޕާޓީތަކުގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3،000 މެމްބަރުން ކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިއަދަދަށް މެމްބަރުން ހަމަނުވުމުގެ ސަބަނުން ދާދިފަހުން ވަނީ ޑީއާރުޕީވެސް އުވާލާފައެވެ.
ކޮމެންޓު ފޮނުވާ