88 ސައިޓް ސުޕަވައިޒަރުންނާއެކު މިއަހަރަށް ކަނޑައެޅި މަސައްކަތްތައް ނިންމުމައި އަމާޒަށް ވާސިލް ވުމަށް އެމްޓީސީސީން "ސުޕަވައިޒާސް ފޯރަމް 2023″ ބާއްވައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޒަންއާއި އެޗްއާ ޑިވިޒަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ، މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަންއެންޑް ޑްރެޖިން ޑިވިޒަންގެ ވެރިން ބައިވެރިވި ކަމަށެވެ.
މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން މި ފޯރަމްގައި ބައިވެރިއިރު މިއީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޒަންގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ހިންގުނު މިފަދަ ދެވަނަ ފޯރަމް ކަމަށް އެމްޓީސީސީން ބުނެއެވެ.
މި ފޯރަމްގެ ބައިވެރިންނަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާފައިވާއިރު އޭގެ ތެރޭގައި އެމްޓީސީސީން ހިންގާ މަޝްރޫޢުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުންބޭނުންވާ އަވަސް މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، ހަރަދުކުޑަކޮށް، މަޝްރޫއުތައް ނިންމަން އޮންނަ ވަގުތުގެ ތެރޭ އެފިޝެންޓްކޮށް މަޝްރޫއުތައް ނިންމުމާއި ގުޅޭގޮތުން ބައިވެރިން ހޭލުންތެރިކުރި ކަމަށް އެމްޓީސީސީން ބުނެއެވެ.
"ސުޕަރވައިޒަރސް ފޯރަމް 2023" އެމްޓީސީސީން ބާއްވައިފި
ޕްރެސް ރިލީޒް:https://t.co/T8YCYRJ0EX pic.twitter.com/AweD84sj0y
— MTCC Plc (@MTCCPlc) February 22, 2023
މީގެ އިތުރުން، ކުންފުނީގެ މެޝިނަރީޒްއާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާގޮތަށް އޭގެ ބޭނުންކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާއްމުންވެސް، ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަންޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވާލާ މިކަމާގުޅޭ މުހިއްމު މައުލޫމާތުތަކެއް މި ފޯރަމްގެ ބައިވެރިންނާ ޙިއްސާކުރި ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަހުލާގީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރިކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، ރޭ ބޭއްވި މި ފޯރަމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސީއީއޯ އާދަމް އާޒިމް ކަމަށެވެ.
ކޮމެންޓު ފޮނުވާ