ހަށިވިއްކަން ތިބި 4 މީީހަކު ހައްޔަރުކޮށްފި، ދެމީހަކު ހައްޔަރުކުރީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް

ހަށިވިއްކަން ތިބި 4 މީީހަކު ހައްޔަރުކޮށްފި، ދެމީހަކު ހައްޔަރުކުރީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2023 12:12
0

މާލޭގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ރޯޅި" ގެސްޓް ހައުސް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާ އަދި 36 އަހަރު އަދި 31 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށްށް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގެ ސްޕާތައް ހިންގާ ބަލަހެއްޓުމާއި އިޝްތިހާރުކުރާނެ ގޮތް ކަނޑައަޅާ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވާލައިފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ރާއްޖޭގައި ހިންގާ ސްޕާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން، އެސްޕާއެއްގެ ފޮޓޯ، ވީޑީއޯ އަދި އޯޑިއޯ އަމިއްލަ ގޮތުން އާންމުކުރުމަކީ މަނާކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޤާވާއިދުގައި ވަނީ ސަޕާތައް އޝްތިހާރުކުރާނެ ގޮތުގެ މިންގަނޑުވެސް ބަޔާންކޮށްފައެވެ. އެގޮތުން، ސްޕާތައް އިޝްތިހާރުކުރުމުގައި މުޖުތަމަޢުގެ އިޖުތިމާޢީ އަޚްލާގީ މިންގަނޑުތަކަށް ފެތޭގޮތައް އިޝްތިހާރުކުރުމަށް ބަޔާންކޮށްފައިވެއެވެ. އަދި މި އިޝްތިހާރުތަކުގައި އެއްވެސް މީހެއް ނުހިމެނުމަށް އިކޮނޮމިކް މިނިސްޓްރީގެ ޤަވާިއދުގައި ވަނީ މަޖުބޫރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާާްއަހޭ
ކޮބާ ތީ އެޑިޓެއް ދޯ؟؟
ރ ރާނީ
މާލެއާއި ހުޅުމާލޭގަ ދިވެހި އަންހެނުންނާއި ފިރިހެނުން މިޖަހާ ހަށިވިއްކުމާ ޑްރަގް ޕާޓީ ކުރުމުގެ ސަކަރާތް ނުބެލެނީ ކީއްވެބާ. މިކަމުގަ ގިނައިން އުޅެނީ ދިވެހީން. ހަށި ގަންނަ މީހުނަށް ދެޖިންސުގެ މީހުން ބުކް ކޮށްދެނީ ވެސް ދުވެހި އަންހެނުން.
ބ ބިރިޓިޝް
މި މަންޒަރުން ފެންނަނީ ރެޑް ކާޕެޓްގައި ކުދިން ކޮޅެއް ހިންގާ ތަން...... މިއީ ފުލުހުން ހައްޔަރުކޮށްފައި ގެންދާ ބަޔަކާއި ވައްތަރެއް ނޫން.....
ޖ ޖަޑިބު
ކުށެއް ނެތް މައުސޫމް ކުދިން ކޮޅެއްތީ 2 3 ސުވާލް ކޮއްލާފަ ދޫކޮއްލާނެ...