ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް އޮވެގެން މިއަދު އެމަނިކުފާނު ދެކިލުމަށް ކޯޓު ކައިރިއަށް ދިޔަ އަންހެން ކަނބަލުންތަކަށް ފުލުހުން އަނިޔާކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މިހާދިސާގައި ދެމީހަކަށް އެކިވަރުގެ އަނިޔާލިބި ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މިކަމާއި ގުޅިގެން މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ މުޅި ދުނިޔެ ކަނބަލުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ވަކާލާތުކޮށް އަޑު އުފުލަމުންދާ ވަގުތެއްގައި ފެނިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ވަޒީރުންނާއި، ވައެއް ފުލުހުން ހިމެނޭގޮތަށް ކަނބަލުންނަށް އަނިޔާކޮށް ފުރައްސާރަކޮށް އެކަމަށް ހިތްވަރު ދޭތަންކަމަށެވެ.
Mulhi dhuniye kanbalunnah kuraa aniyaa aa dhekolhah vakaalaathukon adu ufulamun dhaa vaguthehgai alhugandumenah mifennanee @ibusolih ge sarukaarun vazeerunna baeh fuluhun himeney gothah kanbalunnah aniyaakoh furassara koh ekamah hivvarudheythan. Mee dhaadhi dhemme kuri aniya. pic.twitter.com/0mzEXO9fvM
— Ahmed Shiyam (@Shiyamaldives) November 26, 2020
ޝިޔާމް ހިއްސާ ކުރި ދެ ފޮޓޯގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ މެދު އުމުރުގެ މީހަކު އެނދުމަތި ކޮށްފައިވާ މަންޒަރެވެ. އެ އަންހެންމީހާގެ އަނގަމަތިން ކޮންމެވެސް ވަރަކަށް ލޭވެސް ފެންނަން ހުއްޓެވެ. ދެވަނަ ފޮޓޯއިން ފެންނަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާގެ ކައިރީގައި ވެސް ސިއްހީ އެހީތެރިން ހަރަކާތްތެރިވާ މަންޒަރު އެ ފޮޓޯއިންފެނެއެވެ.
މި ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަ ކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އެކަނބަލުންގެ ޙައްޤުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމަކީ ބިރުވެރި މެސެޖެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދެކޭކަމަށް އެކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ