ހ.ސްނޫޕީ/މާލެ ސިޓީ، އާސިމް، ފޮޓޯ: އަދަދު

ޒިޔަތުގެ ބޮޑުބޭބެ އަތުން 37.9 މިލިއަން ރުފިޔާ ހޯދަން އަންގައިފި

ޒިޔަތުގެ ބޮޑުބޭބެ އަތުން 37.9 މިލިއަން ރުފިޔާ ހޯދަން އަންގައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި ޝާމިލުވާ މީހެއްގެ އަތުން 37 މިލިޔަން ރުފިޔާ ހޯދަން އަންގައިފިއެވެ.

އޭސީީސީން ބުނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރް.ސީ) ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި، ހ.ސްނޫޕީ/މާލެ ސިޓީ، ޢާޞިމްއަށް ލިބުނު 2،460،000.00 އެމެރިކާ ޑޮލަރު، (37،933،200.00 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި، 14 ފެބުރުވަރީ 2023 ގައި އެމް.އެމް.ޕީ.އާރު.ސީއަށް އަންގާފައިވާ ކަމަށެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ އާސިމް އަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ބޮޑުބޭބެއެވެ. މި މައްސަލައިގައި 2016 ވަނަ އަހަރުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައި ވެސް ވެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. އަދި، 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށްދެއެވެ.

މި މައްސަލާގައި ޕީޖީ އޮފީސް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިހާތަނަށް 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފަސް ފަރާތެއްގެ މައްޗަށް 43 ކަމެއް ކޯޓުގައި ސާބިތުވެފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ މިހާރު ވެސް ކޯޓުގައި ކުރިއަށްދާއިރު، 53 މައްސަލައެއް އޭސީސީން މިހާރުވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރެއިން 10 މައްސަލައެއްގައި ދައުވާކުރުމާއި މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް ކުރިއަށްދާއިރު 4 މައްސަލައެއް ދައުވާ ކުރެވިދާނެކަމަށް ކަނޑައަޅައި 5 މައްސަލައެއް އަލުން ރިވިއުއަށް ފޮނުވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ ބަލާ އިންސާފު ހޯދުމަކީ ރައީސް ސާލިހުގެ އެންމެ ބޮޑު އެއް ވައުދަށްވާއިރު، މިހާތަނަށް އައިއިރު އެ މައްސަލަ އެންމެ އެކަށީގެންވާގޮތެއްގައި ތަހުގީގުކޮށް ނިންމާފައިނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *