"ސާކަސް" މިހާރު ނެޓްފްލިކްސް އިން ބަލާލެވެނޭ

"ސާކަސް" މިހާރު ނެޓްފްލިކްސް އިން ބަލާލެވެނޭ

Author
ފާތިމަތު ނާވީ
20 ފެބްރުއަރީ 2023 04:27
0

ބެލުންތެރިންނަށް އެއްވެސް ގޮތަކަށް ކަމު ނުދިއަ އަދި ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލި ފިލްމް "ސާކަސް" ނެޓްފްލިކްސް އިން ސްޓްރީންކުރަން ފަށައިފަ އެވެ.

ރަންވީރު ސިންގް ލީޑުން ފެނިގެންދިއަ މި ފިލްމް އަކީ ކޮމެޑިއެކެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމް އަކީ ރަންވީރު ސިންގް ފުރަތަމަ ފަހަރަށް ޑަބަލް ރޯލުން ފެނިގެންދިއަ ފިލްމް ވެސް މެއެވެ.

ފިލްމުގެ ކާސްޓްގައި ރަންވީރުގެ އިތުރުން ޖެކޮލިން ފެނާންޑޭޒް އަދި ޕޫޖާ ހޭގްޅޭ ހިމެނެއެވެ.

"ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީއެކެވެ. މިއީ 2018 ގެ "ސިމްބާ" އަށް ފަހު ރޯހިތު އާއި ރަންވީރު އެކީގައި ގެނެސްދޭ އާ ޕްރޮޖެކްޓެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.