ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި، ފަސްޖެހުމެއްނެތި ދައުވާކުރާނަން: ޕީޖީ

ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި، ފަސްޖެހުމެއްނެތި ދައުވާކުރާނަން: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2020 12:20
0

ރައްިތުންގެ މަސްލަހަތު ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކުގައި އެއްވެސް ފަސް ކުރުމެއްނެތި ދައުވާ ކުރައްވާނެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޭސީސީގެ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާތު ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ އެއްވެސް ހާލެއްގައި ދޫވެގެންދާނެ މައްސަލަތެއްކަމަށް ނުވާނެކަމަށެވެ. އަމާޒަކީ އޭސީސީވެސް މިހާރު މައްސަލަތަކުގައި ތަހުގީގު ކުރާ މުއްދަތު ކުރުކޮށް އަވަސް ތަހުގީގުތަކެއްކޮށް ތައުވާ ކުރެވޭ ހާލަތަށް ދިއުންކަމަށެވެ.

އަޅުގަނޑުގެ ދޭ ޔަގީންކަމަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް އެއްވެސް ފަސް ޖެހުމެއްނެތި ދައުވާ ކުރާނަމޭ، މީގެ ކުރިންބެސް މިހާރުވެސް އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ކުރަން 6 އެއްކަ މަސް އެބަނަގާ. އަޅުގަނޑު އުންމީދު ކުރަނީ މިމުއްދަތު 10 ވަރަކަށް ދުވަސް ތެރެއަށްކުޑަކޮށް އަވަހަށް ދައުވާ ކުރެވޭނެ ގޮތްތަކެއްވުން. އަޅުގަނޑަށް މައްސަލަ ހުށަހަޅާތާ  10 ދުވަސް ތެެރޭގައި އެކަށީގެންވަ ހުރެއްޖެނަމަ ދައުވާ ކުރަން ފޮނުވާނަން.

– ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ކޮރަޮޕްޝަންގެ މައްސަލަތަކަކީ އެއްވެސް ގޮތަށް ދޫވާގެން ވަނެ މައްސަލަތަކެއްނޫންކަމަށެވެ. އޭސީއާއި ޕީޖީއަކީ މިމަސައްކަތުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ ދެ މުއައްސަސާއަށްވާއިރު، އޭސީސީން ކުރަ މަސައްކަތް ކާމިޔާބްވެގެން ނޫނީ ޕީޖީގެ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތަކަށްވާއިރު މިމައްސަކަތައް އެކަށިގެންވާ އަވަސް މިނެއްގައި ނިމުމަކީ ރައްޔިތުން އެދޭ ގޮތްކަމަށެވެ.

މިކަން ކުރެވޭނީ ރަނގަޅު ހަރުދަނާ ޕްލެއިނެއް އޮވެގެން ކަމަށާއި، މިއަދު އޭސީސީން އެކުލަވާލި ޕްލައިނާއިއެކު މިމަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.