ރޮނާލްޑޯގެ މޮޅުކުޅުމާއެކު ތައާވޫން ކައިރިން ބަދަލު ހިފައިފި

ރޮނާލްޑޯގެ މޮޅުކުޅުމާއެކު ތައާވޫން ކައިރިން ބަދަލު ހިފައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަލް ނަސްރުން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީއާ އެކު ދެ ގޯލު ޖަހައި 2-1 އިން މޮޅުވެ އަލް ތައާވޫން ކައިރިން ބަދަލު ހިފައިފިއެވެ.

މީގެކުރިން މިސީޒަންގެ ލީގުގައި ތައާވޫން އަތުން އެ ޓީމް ވަނީ ބަލިވެފައެވެ. އެއީ މިސީޒަންގެ ލީގުގައި އައްނަސްރު ބަލިވި ހަަމައެކަނި މެޗެވެ. ހުކުރު ދުވަހުގެރޭ އެ ޓީމުން މެޗު ކާމިޔާބުކުރީ 1-1ން މެޗު އެއްވަރުވެފައިވަނިކޮށް, މަދޫ 78 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ. މެޗު ފަށައިގެން 17 ވަނަ މިނިޓްގައި އައްނަސްރަށް ލީޑް ނަގައިދިނީ އަބްދުއްރަހުމާން ގަރީބެވެ. މިލަނޑު ޖަހަން ރޮނަލްޑޯ ފުރުސަތު ތަނަވަސްކޮށްދިނީ އަމިއްލަ ހާފްގައި ހުރެ ދިން ބޯޅައަކުންނެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި އަލްވާރޯ މެޑްރާން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.

މިހާތަނަށް ލީގުގައި ނަސްރު ކުޅުނު 17 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ދެވަނައަށް، ރަށުން ބޭރުގައި ތައާވޫނާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިންނެވެ. އެ މެޗުގައި ތައާވޫނުން ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 12 ވަނަ މިނިޓުގައެވެ.

މި ނަތީޖާއާ އެކު ނަސްރު ލީގު އެއްވަނައިގައި އޮތީ 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އަލް އިއްތިހާދާއި އަލް ޝަބާބަށް ވެސް ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. އިއްތިހާދުން ނަސްރާ އެއްވަރަށް 17 މެޗު ކުޅެފައި ވާއިރު ޝަބާބު ވަނީ އިތުރަށް ދެ މެޗު ކުޅެފައެވެ. ތައާވޫން އޮތީ 10 ޕޮއިންޓް ފަހަތުން ތާވަލްގެ ފަސްވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *