ޓްރަވެލް އަދި ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރަވެރިއެއް ކަމުގައިވާ މުހައްމަދު ފިރާގު (އިނަރ މޯލްޑިވްސް ފިރާގު) ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
ފިރާގު ޖުމުހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު، ފޯމު ހަވާލު ކުރައްވާފައިވަނީ ޖުމުހޫރީ ޕާޓީގެ ނާއިބުރައީސް އަހުމަދު ސައުދުއާއެވެ.
އިނަރ މޯލްޑިވްސް ފިރާގު ޖުމުހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައި ވާއިރު، ޖުމުހޫރީ ޕާޓީން ދަނީ މިމަހު ފަހުކޮޅު އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކަމެއްވެސް އަދި އެހެން ޕާޓީއަކަށް ތާއީދު ކުރާނެކަމެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.
އެހެންނަމަަވެސް ޖުމުހޫރީ ޕާޓީ އަދިވެސް އޮތީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ.
ހަމަ އެއާއެކު ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ އެމަނިކްފާނު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރައްވާނީ ކޯލިޝަންއަކާއެކީގައި ކަމުގައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް ޖުމުހޫރީ ޕާޓީގެ ތާއީދާއި މުހިންމުކަން ވަރަށް ބޮޑުވެގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ