ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ޢިމާރާތްކުރަން އާރްސީސީއަށް

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ޢިމާރާތްކުރަން އާރްސީސީއަށް

Author
ޢަލީ އާދަމް
07 ފެބްރުއަރީ 2023 02:42
0

މ.ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް އާރުސީސީއަށް ހަވާލުކޮށްފިއެވެ.

މިމަޗްރޫޢު އާރުސީސީއަށް ހަވާލުކޮށްފައިވަނީ ޖުމުލަ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 117.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ދަށުން ކޮޅުފުށީގައި ޢިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ހިިމެނޭނީ 3 ކޮޓަރި، 3 ފާޚާނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމް ހިމެނޭ އެޕާޓުމަންޓުތަކެކެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.