ފެބުރުވަރީ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް އަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވެވި ޖަލްސާގައި މަޖްލީހުގެ ޗެމްބަރު ތެރޭގައި ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވިކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރު އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ 2023 ފެބުރުވަރީ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖްލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވިއިރު، ނަން އިއްވުމުން ރައްޔިތުންގެ މަޖްލީހުގެ ޗެމްބަރުން ޢިއްޒަތްތެރި މެންބަރުން ނެރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޙަރަކާތްތެރިވެފައިވާކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ޚަބަރަކީ ހަޤީގަތެއް ނޫންކަމަށެވެ.
އިއްޔެ ޖަލްސާގައި މަޖްލީހުގެ ޗެމްބަރުން ޢިއްޒަތްތެރި މެންބަރުން ނެރުމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޙަރަކާތްތެރިވެފައިނުވާކަމަށާ، ޤައުމީ ދިފާޢީ ބާރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައްޔިތުންގެ މަޖްލީހުގެ ޗެމްބަރުން ޢިއްޒަތްތެރި މެންބަރުން ނެރުމުގައި ހަރަކާތްތެރިވެފައިވަނީ ރައްޔިތުންގެ މަޖްލީހުގެ ސެކިއުރިޓީންކަމުގައި ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ