ހަތަރު ރަށެއްގައި ސުވިމިން ޕްލެޓްފޯމް އަޅަން ޙަވާލުކޮށްފި

ހަތަރު ރަށެއްގައި ސުވިމިން ޕްލެޓްފޯމް އަޅަން ޙަވާލުކޮށްފި

Author
ޢަލީ އާދަމް
02 ފެބްރުއަރީ 2023 08:49
0

ހަތަރު ‎އަތޮޅެއްގެ ހަތަރު ރަށެއްގައި ފްލޯޓިން ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ފަށައިފިއެވެ.

‎
މިމަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ.
 އިއްޔެ ބޭއްވި ރަސމިއްޔާތެއްގައި ސުވުމިން ޕްްލެޓްފޯމ ހަދަންް ޙަވާލުކުރީ ހއ.ހޯރަފުއްޓާއި، ހދ.ހަނިމާދޫއާއި ގއ.ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގައެވެ.
ހއ.ހޯރަފުއްޓާއި ހދ. ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ.
ގއ.ވިލިނގިލީ މަޝްރޫޢު އެއް މިލިއަން ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާއަށެވެ. އައްޑޫ ސިޓީ މަރަދޫ މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެއް މިލިއަން ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާއަށެވެ.

‎މިމަސައްކަތް 75 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. 

މިމަޝްރޫޢުތަކުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާސިޙް ރަޝީދެވެ. އަދި ސުވިމިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް ޢަލީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.