އުރްފީ އުޅެނީ އުޅޭނެ ތަނެއް ނުލިބިގެން

އުރްފީ އުޅެނީ އުޅޭނެ ތަނެއް ނުލިބިގެން

Author
ފާތިމަތު ނާވީ
02 ފެބްރުއަރީ 2023 06:51
0

ނިވާކަން ކުޑަ ހެދުން އެޅުމުގައި މަޝްހޫރު، އުރްފީ ޖާވެދް ދިރިއުޅުމަށް ގެއެއް ކުއްޔަށްދޭނެ މީހަކު ނުވެގެން، އެކަމުގެ ޝަކުވާ ސޯޝަލް މީޑީއާއަށް އޮއްސައިލައިފިއެވެ.

"ބިގްބޮސް" އިން އާންމުންނަށް އެނގިގެންދިއަ އުރްފީ ބުނީ މުމްބައި އިން އުޅޭނެ ތަނެއް ހޯދުމަކީ ވަރަށް އުންދަގޫ ކަމެއް ކަމަށެވެ. އޭނާ ބުނީ އޭނާ ހެދުން އެޅުމުގައި ގެންގުޅޭ ސްޓައިލްގެ ސަބަބުން ކުއްޔަށް ދޭން މީހުން ދެކޮޅު ހަދާ ކަމަށެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

ނިވާކަން ކުޑަ ހެދުން ލާތީ މުސްލިމުން އޭނާ އަށް ކުއްޔަށް ތަންތަންދޭން ދެކޮޅު ހަދާކަމަށާއި އަދި އޭނާ އަކީ މުސްލިމަކަށް ވާދީ ހިންދޫން އޭނާ އަށް ގެ ކުއްޔަށްދޭން ބޭނުން ނުވާ ކަމަށް އުރްފީ ކުރި ޕޯސްޓެއްގައި ވަނީ ބުނެފައިއެވެ. އަދި ހަމަ އެހެންމެ ބައެއް މީހުން އޭނާއަށް ކުއްޔަށް ދޭން ބޭނުން ނުވަނީ ސީޔާސީ މީހުން ބިރުދައްކާފާނެތީ ކަމަށްވެސް ބުނެފައި ވެއެވެ.

މުމްބައި އިން ގެއެއް ހޯދުމަކީ ވަރަށް ޓަފު ކަމެއް ކަމަށް ބުނެ އުރްފީ ވާހަދައްކައިފައިވާ އިރުގައި އޭނާ ވަނީ މީގެ ކުރިން އުޅުނު ގެއިން ނެރުމުން ފޮށި ތަންމަތި ހިފައިގެން ނުކުމެ މަގުމަތީ ހުރެގެން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައިއެވެ. އޭނާ ބުނީ އިތުރަށް ލާރި ދޭން ބުނުމުންވެސް ގެއިން ނެރުނީ ކަމަށެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

ނިވާކަން ނެތް ހެދުން ލައިގެން އަބަދުވެސް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާ އުރްފީ މިހާރު އަންނަނީ ރިއަލިޓީ ޝޯވ "ސްްޕްލިޓް" ވިލާއިން ފެންނަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަޢއ
ކުނި ގޮނޑު ރަގަޅުވާނެ