"މެޓްރޯ 2″ އަޅުވާ ތާރީހް އިއުލާން ކޮށްފި

"މެޓްރޯ 2″ އަޅުވާ ތާރީހް އިއުލާން ކޮށްފި

މިދިއަ އަހަރުގެ ޑިސެމްބަރު މަހުގައި އިއުލާން ކުރި ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް މި އަހަރުގެ ފަހުކޮޅު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

އަނޫރާގް ބާސޫ ޑައިރެކްޓުކޮށް 2007 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމު "ލައިފް އިން އެ މެޓްރޯ" ގެ ދެވަނަބައިން ފެނިގެންދާނީ ސާރާ އަލީ ޚާނާއި އަދިތިޔާ ރޯއި ކަޕޫރު އެވެ. މި ފިލްމް އެޅުވުމަށް މިހާރު ނިންމައިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުގައިއެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ހަދާ "މެޓްރޯ…އިން ދިނޯ" ގެ ކާސްޓްގައި ސާރާ އަލީ ޚާން، އަދިތިޔާ ރޯއި ކަޕޫރް، އަނޫޕަމް ކޭރް، ނީނާ ގުޕްތާ، އަލީ ފަޒަލް، ފާތިމާ ސަނާ ޝައިހް، ކޮންކޮނާ ސެން ޝަރުމާ އަދި ޕަންކަޕް ޓްރިޕަތީ ހިމެނެ އެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

 

މީގެ 15 އަހަރު ކުރިން ރިލީޒްކުރި އޮރިޖިނަލް ފިލްމުގައި ދައްކަނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ތަފާތު 9 މީހެއްގެ ދިރިއުޅުމެވެ. "ލައިފް އިން އަ…މެޓްރޯ" ގެ ކާސްޓްގައި ކަންގަނާ ރަނާވަތު، އިރުފާން ޚާން، ޝައިނީ އަހޫޖާ، ކޮންކޮނާ ސެން ޝަރުމާ، ޝިލްޕާ ޝެޓީ، ކޭކޭ މެނަން، ދަރުމެންދުރާ، ނަފީސާ އަލީ އަދި ޝަރުމަން ޖޯޝީ ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *