ކޮޅުފުށީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގ ނިންމާލައިފި

ކޮޅުފުށީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގ ނިންމާލައިފި

ގުޅުންހުރި

މ.އަތޮޅު ކޮޅުފުށީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިންމާލައިފިއެވެ.
މިމަސައްކަތް ކުރިއަށްގެންދިޔަ ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާ މިމަސައްކަތް ޙަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މިމަޝްރޫޢަށް ދައުލަތުގެ ބަޖެޓުންވަނީ 9.22 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 5575 އަކަމީޓަރުގެ މޫދަށް އެރޭ ސަރަޙައްދު ފުންކޮށްފައެވެ. އަދި 4108 އަކަމީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަޙައްދެއް ފުންކޮށް 518 މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ. މީގެއިތުރުން 202 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮއްޓެއްވެސް އެރަށުގައިވަނީ ޤާއިމުކޮށްފައެވެ.
ކޮޅުފުއްޓަކީ އާބާދީގައި 4600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ