ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ހަދަން އެމްޓީސީސީއަށް!

ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ހަދަން އެމްޓީސީސީއަށް!

Author
ޢަލީ އާދަމް
28 ޖެނުއަރީ 2023 11:07
0

ބ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. 

ހެލްތު މިނިސްޓްރީން ބުނީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން އެމަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ވަނީ އެފަރާތާއި ހަވާލުކޮށްފައިކަމަށެވެ. 

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވަނީ 123,667,047.03ރ. (އެއްސަތޭކަ ތޭވީސް މިލިއަން ހަސަތޭކަ ފަސްދޮޅަސްހަތްހާސް ސާޅިސް ހަތްރުފިޔާ ތިނެއް ލާރި) އަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހަދަންނިންމާފައިވާ ތިން ހޮސްޕިޓަލެއްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެށީ، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. ހއ. ހޯރަފުއްޓާއި ރ. މީދޫ އަދި ބ. ތުޅާދޫގައި ހޮސްޕިޓަލް އެޅުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.