ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމަށް 5 ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކޮށްފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ ދައުރު މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 9 މީހަކު ވަނީ ކުރިމަތިލާފައެވެ. އެނަންތަކުގެ ތެރެއިން 5 މީހަކު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަންކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަންކުރުމަށް މަޖިލީހުން ފާސްކުރި ނަންތައް:
ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883
5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.
ކޮމެންޓު ފޮނުވާ