މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުތައް ފިޔަވައި ހުރިހާ ތަނަކަށް ހުއްދައަކާއި ނުލައި އެއްވެވޭގޮތަށް، އެއްވެ އުޅުމުގެ ގާނޫނަށް ހުށައެޅި އިޞްލާހު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މމާލޭގައި ދުރާލައި ކުރިން އެންގުމަކާއި ނުލައި ގްރީންޒޯން ނޫން ސަރަހައްދުތަކަށް އެއްވުމަށް ހުއްދ ލިބޭނެކަމަށެވެ. މި ބިލަށް މަޖިލީހުގެ ތަޅުމުން އެމްޑީން ގިނަ އިޞްޅާހުތަކެއް ގެނައުމަށް ފާސްކޮށް މުޅި ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން ބިލް ފާހެއް ނުވިއެވެ. މި ބިލް ފާސްކުރުމަށް ވޯޓް ދެއްވީ 13 މެންބަރުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް 25 މެންބަރުން ވޯޓް ދެއްވިއެވެ. މިބިލް އަނބުރާ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
އެއްވެ އުޅުމުގެ ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު ކުއްލިއަކަށް އެއްވާ އެއްވުންތަކުގައި ދުރާލާ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާއި އެއްވާނަމަ ދުރާލައި ހުއްދަ ނަގަން ޖެހޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އިއްޔެ ވިދާޅުވެފައެވެ.
ފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން މަސައްކަތްތެރިންގެ ހައްގުގައާއި، އަންހެނުންނާ ކުޑަކުދިންނަށް ކުރާ އަނިޔާ ދެކޮޅަށް އަޑުއުފުލައި އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ. ރައީސް ނަޝީދު މިއަދު އެއްވެ އުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ޔަމީން ޖަލުގައި އޮންނަވާތާ އެއް އަހަރު ވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހު މުޅި ރާއްޖޭގައި އެއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ކުރީގެ މަޖިލީހުން އޮގަސްޓް 18، 2016 ގައި ވަނީ، އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހަށް ފަހު، މާލޭގައި ހުއްދަ ނުހޯދާ މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް އޮތީ ކަނޑައަޅައިފަ އެވެ.
ފުލުހުން ލިޔުމުން ދޭ ހުއްދަ ފިޔަވާ މާލޭގައި އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ. މިއީ އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ފާސްވީ ޔާމީން ސަރުކާރަށް ތާއީދު ކުރި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ކޮމެންޓު ފޮނުވާ