ޤައުމުގެ މައްސަލަތަައް ހައްލުކޮށްދެއްވުމަށް އިޚްލާސްތެރި ނިޔަތުގައި މަސައްކަތްތަކެއް ކުރެއްވި ރައީސަކީ ރައީސް ޔަމީން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ ސަރުކާރާއި މިސަރުކާރުގެ ތަފާތުތަކަށް އިޝާރާތް ކުރައްވައި ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވެރިކަން ބަދަލުކޮށް މިވީ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ނުހަނު ގިނަ ކަންކަން ތަޖުރިބާ ކުރެވިފައިވާކަމަށެވެ. ހެޔޮނިޔަތުގައި ރައްޔިތުންނަށް ބޭނުންހުރި ތަރައްވަރާއި އިޚްލާސްތެރިކަމާއިއެކު ވެރިކަން ކޮށްދެއްވީ ކޮން ބޭފުޅެއްކަން މިއަދު ރައްޔިތުންނަށް އިޚްސާސް ކުރެވޭ ކަމުގައި ޝިޔާމް ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި އެންމެ ގިނައިން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ޤައުމުގައި ހުރި މައްސަލަތަކާއި ކުރިމަތި ލެއްވުމަށްކަމަށް ޝިޔާމް ވިދާޅުވިއެވެ. ވަކި މީހަކާއި ވަކި ސިޔާސީ ފިކުޔރަކާއި ވާދަކުރުމުގެ ބަދަލުގައި ޤައުމުގައި ހުރި މައްސަކަތައް އެގިވަޑައިގެން އެކަންތައްތައް ހެޔޮ ނިޔަތުގައި ކޮށްދެއްވި ހަމައެކަނި ރައީސަކީ ރައީސް ޔަމީންކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިހުލާސްތެރި ހިތަކާއިގެން ސާފު ތަސައްވަރެއް ހިއްޕަވައިގެން ވަޑައިގަންނަވާ ރައީސުންގެ ތަފާތު އަޅުގަނޑުމެންނަށް ފެނިފައި ހުރީ. ރައީސް ޔާމީން އަކީ ރައްޔިތުންގެ ހުރި މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯއްދަވައިދެއްވުމަށް އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ލާމަސީލު ލީޑަރެއް" ޝިޔާމް ވިދާޅުވި އެވެ.
Ikhlastheri hithakaigen saafu thasavvureh hippavaigen vadaigannava raeesunge thafaathu alhugandumenah fenifa huree. Raees Yameen akee rayyithunge huri massalathakah jumla halleh hoahdhavaidhevvumah ikhlastheri masakkaipulhuthakeh kurevvi laamaseelu leadereh. #FreePresidentYameen pic.twitter.com/yFcJ6emGWn
— Ahmed Shiyam (@Shiyamaldives) October 6, 2020
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި، ވެރިކަމަށް ވަޑައިގެންނެވުމަށް ފަހުގައިވެސް ދެއްކެވި ވާހަފުޅުތަކުގައި އެންމެ ބޮޑަށް ފާހަނގަކުރެއްވި އެއްކަމަކަމަކީ އެމަނިކުފާނު ކުރިމަތިލައްވަނީ ޤައުމުގައި ހުރި މައްސަލަތަކާއި ކަމުގައި ވަނީ ވިދާޅުވެފައެވެ.
ވެރިކަމުގެ ދައުރުގެ ފަސް އަހަރު ފުރިހަމަ ކުރެއްވި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރަކީ ފަސޭހަ ފަސް އަހަރު ނޫންކަމަށެވެ. ވެރިކަމުގެ ފަސް އަހަރުގައި ސަރުކާރުން އެޅުއްވި ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާފައިވާނީ ރައްޔިތުންނާއި ދައުލަތުގެ ހައްޤައުގައިކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމާމެދު ފިޔަވަޅު ނޭޅިނަމަ ދައުލަތުގެ ހިންގުމާއި، ރައްޔިތުންގެ މަސްލަހަތާއި ސުލްހަވެރިކަން އޮންނާނެ ގޮތާމެދު ރައްޔިތުން ވިސްނާލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ