ރިއަލިޓީ ޝޯ "ބިގް ބޮސް" އޯޓީޓީ އިން ބެލުންތެރިންނަށް އެނގިގެން ދިއަ އުރްފީ ޖާވެދް ޕޮލިހަށް ހާޒިރުވާން އަންގައިފި އެވެ.
އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ ޕޮލިހަށް ހާޒިރު ކުރަނީވެސް މި މައްސަލައިގައިއެވެ. އެކަމާއި ގުޅިގެން ޕޮލިހަށް މި މައްސަލަ ހުށައަޅާފައިވަނީނީ އިންޑިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ބީޖޭޕީގެ ލީޑަރު ޗިތުރާ ކިޝޯރް ވާގްއެވެ.
ޗިތްރާގެ ޝަކުވާ ގައި ވަނީ ގާނޫނުން ލިބިދޭ މިނިވަންކަމުގެ ބޭނުން އުރުފީ ނާޖާއިޒު ގޮތެއްގައި ހިފަމުންދާ ކަމަށެވެ. މި މައްސަލަ ގައި އެދެމީހުންގެ މެދުގައި ވަރަގަދަ ބަހުގެ ހަމަލާތަކެއް ވެސް ވަނީ ހިނގާފައިއެވެ.
ނިވާކަންކުޑަ ގޮތްގޮތަށް އުރުފީ ހެދުން އަޅާތީ އެކަމާ ހިތްހަމަނުޖެހިގެން ބީޖޭޕީ ލީޑަރު ސޯޝަލް މީޑިއާގައި ޝެއާ ކުރެއްވި ޕޯސްޓަކާ ގުޅިގެން އުރުފީ ވަނީ ބީޖޭޕީ ލީޑަރަށް ވަރަށް ހަޑި ހުތުރުކޮށް މުޚާތަބުކޮށް ސޯޝަލް މީޑީއާގައި އެކަމަށް ޖަވާބުދީ ޕޯސްޓްތަކެއް ޝެއާކޯށްފައިއެވެ.
މި އަރާރުމަށްފަހު އުރުފީ އޭނާގެ ގާނޫނީ ވަކީލާއެކު ގޮސް މަހާރަޝްތުރާ ސްޓޭޓް ކޮމިޝަން އޮފް ވިމެންގެ ޗެއާޕާސަން ރުޕާލީ ޗަކަންކަރްއާ ބައްދަލުކޮށް ބީޖޭޕީ ލީޑަރުގެ ޝަކުވާ ކޮށްފަ އެވެ. އުރުފީގެ ޝަކުވާގައި ބުނެފައިވަނީ ބީޖޭޕީ ލީޑަރު ޕަބްލިކް ޕްލެޓްފޯމެއްގައި އޭނާއަށް ބިރުދައްކައި އިންޒާރުދެމުންދާ ކަމަށެވެ.
އޭނާ އަޅާ ހެދުންތަކުގެ ދިފާއުގައި އުރްފީ ބުނފައިވަނީ އޭނާ އަޅާ ހެދުންތަކަކީ ގާނޫނު ހުއްދަ ކުރާ ވަރުގެ ހެދުންތަކެކެވެ. އަދި އެހެދުން ތަކުން އައުރް ކަޝްފު ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ކުރިންވެސް އޭނާ އަޅާ ހެދުމާއި ގުޅިގެން ވާހަކަދެއްކި މީހުންނަށް އޭނާ ވަނީ ރުޅިގަނޑު ބާލާލައިލައި ހެއްދެވި ނުހެއްދެވިއަށ ްގޮވައިފައިއެވެ. އާންމު ގޮތެއްގައި ވެސް އޭނާ އަކީ ނިވާކަން ކުޑކޮން ހެދުން އަޅާ މިހެކެވެ. އަދި ހަމަ އެހެންމެ އޭނާ އާންމުންގެ ތެރޭގައި އެންމެ ބޮޑަށް އެނގިގެން ގޮސްފައިވަނީވެސް އެފަދައިންނެވެ.
އެހެންމީހުންނާއި ތަފާތުކޮށް ބައެއް ޕްރޮޕް އިން ވެސް އޭނާ ވަނީ ހެދުން އަޅަައިފައިއެވެ. އޭގެތެރޭގައި ގޯނީ އާއި ވަލާ ފުޅީގެ މަތި ވެސް އަދި މިނޫންވެސް ކުނިބުނިންވެސް އޭނާ ވަނީ ހެދުން އަޅައިފައިއެވެ. މިފަދަ ހެދުންތަކާއި އެކުގައި އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު މީޑިއާއިން އޭނާގެ ފޮޓޯ ނަގައި ވައިރަލ ްކުރެއެވެ. އަދި އޭނާ ގެ އިންތިޒާރުގައި މީޑީއާ އަބަދުވެސް އޮވެއެވެ.

މިފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އުރްފީ ބުނީ އޭނާ ހެދުން ނުލައި އުޅެނީ އެލާޖިކް ވާތީ ކަމަށެވެ. އަދި އޭނާ ވަނީ ފޮޓޯއެއް ޕޯސްޓް ކޮށްފައިއެވެ. އެޕޯސްޓުގައި އޭނެގ ފައިގައި ހުރި ބިހިގަނޑުތަކެއް ދައްކަމުން ބުނެފައިވަނީ ހެދުން ލުމުން އޭނާ އެލާޖިކްވާ ކަމަށެއވެ.
ބައެއް ސިލްސިލާ ޑްރާމާ ތަކުން ފެނިގެން ގޮސްފައިވާ އުރްފީ އަކީ މިހާތަނަށް އޭނާގެ އެކްޓިންގެ ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައިވާ މީހެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ "ޗަންދުރާ ނަންދިނީ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގައިވެސް ކުޑަ ރޯލަކުން ފެނިގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ