ލުން އަނބުރާ އެމްޑީޕީ މަގުމަތި ވިޔަ ނުދިނުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވަނިކޮށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢިދުކުރައްވާ މެންބަރު ވިސާމް ވިދާޅުވީރަ އީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެމްބަރުން ވި ގުރުބާނީ އެންމެ ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން އަލުން އަނބުރާ އެމްޑީޕީ މަގުމަތި ވިޔަ ނުދިނުމަށްޓަކައި ރައީސް ޞާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް ތާޢިދުކުރާކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ މެމްބަރުން ވި ގުރުބާނީ އެންމެ ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން އަލުން އަނބުރާ އެމްޑީޕީ މަގުމަތި ވިޔަ ނުދިނުމަށްޓަކައި ރައީސް @ibusolih ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން. #MDPKuriah pic.twitter.com/j3qmryuma9
— Mohamed Wisam (@mohamedwisaam) January 15, 2023
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަކުރައްވާނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތައް ރައްދުކުަރައްވަމުން ގެންދަވާއިރު އެބޭފުޅުންނަށް ތަޢީދުކުރައްވާ ފަރާތްތަކުންވެސް ދަނީ ޝޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ އެހެން މީހަކު ނެތް ކަމަށާއި، އަދި އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހަދައިގެން ވެރިކަމަށް އާދެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ އެމަނިކުފާނު ކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ މިއީ އެމްޑީޕީ ސަރުކާރެއް ނޫންކަމަށާއި، މިއީ އެހެން ޕާޓީތަކުން ލީޑުކުރާ ސަރުކާރެއްކަމަށެވެ. އަދި މިސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ