އަނުޝްކާގެ ދެމަފިރިން ރާއްޖޭގައި

އަނުޝްކާގެ ދެމަފިރިން ރާއްޖޭގައި

Author
ފާތިމަތު ނާވީ
15 ޖެނުއަރީ 2023 08:39
0

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ ކްރިކެޓް ތަރި ވިރާޓް ކޯލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ހަބަރުތަށް ބުނެފިއެވެ.

އައު އަހަރާއި ގުޅިވައިގެން މި ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، މިދިއަ އަހަރުވެސް މި ދެމީހުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ. ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން އަބަދުވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ހިޔާރުކުރާކަން ފާހަގަ ކޮށްލެވެއެވެ.

މިދެމީހުން ރާއްޖެ އައިސްފައިވަނީ އެމީހުންގެ ދަރިފުޅުވެސް ގޮވައިގެންނެވެ. ވިރާޓް ވަނީ އޭނާގެ އިންސްޓަގްރާމްގައި ވަރަށް ހުދު ގޮޑުދޮށެއްގައި ދެމީހުން ނާސްތާ ކުރަން ތިބި ފޮޓޯއެއް އިނސްޓަގްރާމްއަށް ދޫކޮށްލައއިފައިއެވެ. ނަމަވެސް އެއްވެސް ކެޕްޝަން އެއް ބޭނުން ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

ދަރިފުޅާއި އެކުގައި މިދިއަ އަހަރުގެ މެދުތެރޭގައ ވެސް މި މީހުން ރާއްޖެ އައެވެ. އަނުޝްކާ ރާއްޖެ އައިސްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ޗަކްދާ އެކްސްޕްރެސް"ގެ ޝޫޓިންގ މީގެ ދެހަފްތާއެއް ހައި ދުވަސް ކުރިން ނިންމާލުމަށްފަހުގައިއެވެ. ދަރިއަކު ލިބުން ފަހުން އަނުޝްކާ ފެނިގެންދާ އަލަތު ފިލްމް ރިލީޒް ކުރާ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

އަނުޝްކާ އާއި ވިރާޓް ކައިވެނި ކުރީ 2017 ވަނަ އަހަރު ވަރަށް ސިއްރުން ގައުމުން ބޭރުގައި އިޓަލީގައިއެވެ. އާއިލާ އާއި ގާތް ރަހުމްތެރިންގެ ހާޒިރުގައި ވަރަށް ކުޑަ ހަފްލާއެއްގައި ، ހިންދޫ ދީނުގެ އާދަކާދަ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.  އެމީހުންގެ އަލަތު ދަރިފުޅު ވަމިކާ ލިބުނީ 2021 ވަނަ އަހަރުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.