" ނާޗު ނާޗު" ލަވަ އަށް ގޯލްޑަން ގްލޯބް

" ނާޗު ނާޗު" ލަވަ އަށް ގޯލްޑަން ގްލޯބް

Author
ފާތިމަތު ނާވީ
12 ޖެނުއަރީ 2023 02:06
0

ސައުތުގެ މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ ރާމް ޗަރަން އަދި އެންޓީއާރް ޖޫނިއާ އާއި އެކުގައި މިއަހަރު ރިލީޒް ކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމް "އާރްއާރްއާރް" ފޯރިގަދަ ލަވަ "ނާޗު ނާޗު" އަށް ގޯލްޑަން ގްލޯބް އެވޯޑުު ލިބިއްޖެ އެވެ. މިއީ އިންޑިއާގެ އުފެއްދުމަކަށް ގޯލްޑަން ގްލޯބު ލިބުނު ފުރަތަމަ ފަހަރެވެ.

މަޝްހޫރު ލަވަކިއުން ތެރިން ކަމުގައިވާ ރިއާނާ އާއި ޓެއިލާ ސްވިފްޓް ފަދަ ތަރިންގެ ލަވަތަކާއި ވާދަކޮށް އިންޑިއާގެ މި އުފެއްދުމަށް ބައިނަލްއަގުވާމީ ބޮޑު އެވޯޑެއް ލިބުމަކީ އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ލިބުނު ތާރީހީ ކާމިޔާބީއެކެވެ.

މިކަން ފާހަގަ ކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ މިކަމާއި ގުޅިން އިންޑިއާ ފަހުރުވެރި ވާކަމަށް ބުނެފައިއެވެ. އިންޑިއާއިން މިފަދަ ބައިނަލް އަގުވާމީ އެވޯޑްތަށް ހާސިލް ކުރުމަކީ ފަހުރުވެރި ވާންޖެހޭ ކަންކަން ކަމަށް ވަނީ ބުނެފައިއެވެ.

ސައުތުގެ ހުނަރުވެރި ޑައިރެކްޓަރު އެސްއެސް ރާޖާ މޯލީގެ މި ފިލްމް އަކީ މިދިއަ އަހަރުގައި ބޮލީވުޑްގައި ނެރުނު ކުރި ފިލްމު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެއެވެ.

ރާޖާ މޯލިގެ މި ފިލްމުގައި ފެނިގެން ދަނީ ސައުތުގެ 2 ސުޕަސްޓާރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާއެވެ. އަދި މީގެ ކާސްޓްގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން އަދި ޝްރެޔާ ޝަރަންފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.

ޓެލުގޫ ފިލްމު އާރްއާރްއާރަކީ އިންޑިއާގެ އިތުރުން އެކި ގައުމުތަކުގައި ވެސް ބޮޑު ތަރުހީބެއް ލިިބުނު ފިލްމެކެވެ. ހާއްސަ ކޮށް ފިލްމް ގެ "ނާޗު ނާޗު" ލަވަ އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ލަވައެއްކަން ފާހަގަ ކޮށްލެވެއެވެ.

އެކްޝަން ޑްރާމާ "އާރްއާރްއާރް"އަކީ ބޮޑު ބަޖެޓުގެ ފިލްމްތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމު ސިނަމާ ތަކަށް ގެެނެސްފައިވަނީ މިދިއަ އަހަރު މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ.

އިންޑިއާގައި ވާހަކަ ދައްކާ އުޅޭ މައިގަނޑު 5 ބަހަކުން ގެނެސްދީފައިވާ މި ފިލްމުގެ ޑިޖިޓަލް ރައިޓްސް ދުނިޔޭގެ އެންމެ މަޤުބޫލު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްއަށް ދޫކޮށްލާފައިވާއިރުގައި، ންޑިއާގެ އެހެން ބަހުރުވަތަކުގެ ވާޝަންތައް އިނގިރޭސި ބަހުން ސަބް-ޓައިޓަލްކޮށްގެން ޒީ5 އިން ގެނެސްދޭނެއެވެ. މި އަހަރު ބާއްވާ 95 ވަނަ އޮސްކާގެ އާންމު ބައެއް ކެޓަގަރީތަކަށް ވާދަކުރަން "އާރްއާރްއާރް" ވަނީ ހުށަހަޅާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.