ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ގިނަމަސައްކަތާއި ބޭރު ތޮށި ލުމުގެ %55 ނިމިއްޖެ

ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ގިނަމަސައްކަތާއި ބޭރު ތޮށި ލުމުގެ %55 ނިމިއްޖެ

Author
ޢަލީ އާދަމް
12 ޖެނުއަރީ 2023 09:51
0

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ގިނަ މަސައްކަތްތަކާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިއްޖެކަމަށް އެމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

މިމަޝްރޫޢުގެ ދަށުން، ދާންދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތަކާއި، ރޭމްޕް ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ގއ.ދާންދޫ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ 29ވަނަ ދުވަހުއެވެ.

ދާންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 529 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 333މީޓަރުގައި ބޭރު ތޮށި ލުހުމާއި، 370 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ދާންދޫ ބަނދަރު ތަރައްޤީކުރަނީ އެންމެ ޒަމާނީ ފަރުމާއަށެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގައި 100މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށްވެސްވަނީ ހިމަނާފައެވެ. އަދި ބަނދަރުގެ އެއްގަމު ތޮއްޓާ ބޭރު ތޮށި ގުޅާލުމަށް 30މީޓަރު ދިގު 4މީޓަރު ފުޅާ ބްރިޖެއްވެސް ހަދާނެއެވެ.

ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 70.8މިލިއަން ރުފިޔާއަށެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ފުރިހަމަކުރުމަށް އެއްބަސްވެފައިވަނީ 1 އަހަރާ 4 މަސް ދުވަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާަަަަަައާމިނާ
ޢެހެންވާނީ މި އުޅޭ ފިރިހެނުންގެ ބަލާ ބޮޑުވިމަ. ޅަދެއް ހަޔާތެއް ނެތިގެން އުޅޭ ބައެއް.