އާރް.ސީ.ސީ ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލައަކީ ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ. އަދި ނާޒިމް ވިދާޅުވީ މިކަމާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ކޮށް، ފުލުހުންގެ ތަހުގީގަށް ކުންފުނިން އެއްބާރުލުން ދޭނެ ކަމުގައެވެ.
ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި، ބަނގުރާ ފުޅިތަކާއި ދަޅުތައް މިވޭނުން އަތުލައިގެންފައިވަނީ، ވޭނާމެދު ޝައްކު ކުރެވިގެން ވޭން މަޑުކޮށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމުގައެވެ. އަދި މި މައްސަލައާއި ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމުގައެވެ،
ސޯޝަލް މީޑިއާގައި ހާމަވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ ފުޅިތައް އަތުލައިގަތް ވޭނަކީ ނާޒިމްގެ އާއިލީ ކުންފުނި އާރުސީސީއަށް ނިސްބަތްވާ ވޭނެއްކަން އެގެން ހުރެއެވެ.
މިކަމާއި ގުޅިގެން ނާޒިމް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ދިވެހި ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއްް އާރް.ސީ.ސީ ކުންފުނިން ނުކުރާނެ ކަމަށާއި އަދި ކުރަން ހިތްވަރުވެސް ނުދޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ