މީރާގެ އޮފީސް ފަޅާލާ 25 ރުފިޔާ ވަގަށް ނެގިމީހާ 3 މަހަށް ޖަލަށް

މީރާގެ އޮފީސް ފަޅާލާ 25 ރުފިޔާ ވަގަށް ނެގިމީހާ 3 މަހަށް ޖަލަށް

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ އޮފީސް ފަޅާލައި ވައްކަން ކުރި މީހާގެ 3 މަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ފާއިތުވެދިޔަ އަހަރުގެ އޮގަސްޓުމަހު ނުވަ ވަނަ ދުވަހުގެ ރޭ އެ އިދާރާ އިން ވައްކަންކުރި ކަމުގެ ތުހުމަތުގައި ޢުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ކޯޓު ޢަމުރެއްގެ ދަށުންނެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ 45 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފައެވެ.

އަމުރުން 30 އަހަރުގެ، އައްޑޫ ސިޓީއަށް ނިސްބަތްވާ މިމީހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ.

މިމައްސަލާގެ އިބުތިދާއީ އަޑުއެހުމުގައި، ދައުލަތުން އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އޭނާވަނީ އެއްބަސް ވެފައެވެ. އެހެންކަމުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، ކުރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ 3 މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ. އެހެންނަމަވެސް ތަހުގީގީ މަރުހަލާގައި އޭނާ 29 ދުވަހާއި، 23 ގަޑިއިރާއި 22 މިނިޓް އޭނާ ބަންދުގައި ހުރެފައިވާތީ އެއީ 30 ދުވަސްކަމަށް ބަލާ މިމުއްދަތުވަނީ އޭނާގެ ހުކުމުން އުނިކޮށްފައެވެ.

އެހެންކަމުން ހުކުމުން އޭނާ އިތުރަށް ތަންފީޒު ކުރާންޖެހެނީ 2 މަހާއި 18 ދުވަހެވެ.

ދެވަނައަށް އޭނާގެ މައްޗަށް ކޮށްފައިވަނީ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. އެދައުވާއަކީ އޮގްސްޓް 22 ވަނަ ދުވަހު 3:00 ހާއިރު އަމީނީ މަގުގައި ހުންނަ މީރާ އިމާރާތަށް ވަނުމަށް އޭނާ އެ އިމާރާތުގެ ކުޑަ ދޮރަކަށް ގެއްލުން ދީފައިވާތީ ކޮށްފައިވާ ދައުވާއެކެވެ. މި ދައުވާ ސާބިތުވެ ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާ 27 ދުވަހަށް ޖަލަށް ލުމަށެވެ.

މިމީހާއަކީ މީގެކުރިން ސަރުކާރުގެ އެހެން އޮފީހަކުންނާއި ޖުވެނައިލް ކޯޓުގެ އިމާރާތަކުންވެސް ވައްކަން ކޮށްފައި ހުރި މީހެކެވެ.

މީރާގެ ކުޑަދޮރެއް ހަލާުކޮށްލައިގެން ވަދެ އޭނާ ވައްކަން ކުރީ ފުލުހުން އެ އިމާރާތުގެ ފޯރި މަރަމުންވެސް އަންނަނިކޮށެވެ. މީރާއިން ފައިސާ ބަލައިގަތް ނަމަވެސް އެ އިދާރާއިން އެއްވެސް އިރެއްގައި ކައުންޓަރުގައި ފައިސާ ނުބަހައްޓާކަމަށް ބުނެފައިވެއެވެ. އޭނާއަށް ނެގުނީ މުވައްޒަފެއްގެ 25 ރުފިޔާއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. 25 ރ.3 ނެގީމާ 3 މަހަށް ޖަލަށް ގިރިޔަށް އެރީމާވެސް 2މަސް ނޫނީ 3 މަސް. ސާބަހޭ……!

Leave a Reply

Your email address will not be published. Required fields are marked *