ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޔަސްރިފް

ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ޔަސްރިފް

Author
ހުސެއިން
10 ޖެނުއަރީ 2023 03:21
0

އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކޮށްފިއެވެ.

ރައީސް އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި ޔަސްރިފް ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކޮށްފައިވަނީ ފާއިތުވެދިޔަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

އައްޑޫ ސިޓީގެ ކައުންސިންގެ ތިންވަނަ ދައުރުގައި ޑެޕިއުޓީ މޭޔަރުކަން ކުރެއްވި ޔަސްރިފު ފަހުން މަސައްކަތް ކޮށްފައިވަނީ އެ ކައުންސިލްގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭނާ ފާއިތުވެދިޔަ ދައުރުގައި އަދާ ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރުކަމުގެ މަގާމެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރެއްގެ މަގާމްގައި ހުންނެވުމަށްފަހު 2021 ވަނަ އަހަރުގެ ފެބްރުއަރީމަހު އޭނާ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގެ މީގެ ކުރިން އޭނާ ތާއީދުކުރަމުން އައީ ނަޝީދުގެ ފެކްޝަނަށެވެ. އެހެންނަމަވެސް މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ރައީސް ސާލިހުގެ ފެކްޝަނާއެކީކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.