ރައީސް ޞާލިޙަކީ ނަޝީދުފަދަ ފިނޑިއެއް ނޫން: ޑރ.އިޔާޒް

ރައީސް ޞާލިޙަކީ ނަޝީދުފަދަ ފިނޑިއެއް ނޫން: ޑރ.އިޔާޒް

Author
ޢަލީ އާދަމް
10 ޖެނުއަރީ 2023 09:24
0

ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙަކީ، ރައީސް ނަޝީދުހެން ދެމީހަކު އެއްވެލާއިރަށް އިސްތިއުފާދެއްވާވަރުގެ ފިނޑި ބޭފުޅެއް ނޫންކަމަށް ވިދާޅުވެ، ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ޢާންމުކޮށްވެސް ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވާ ޑރ.އިޔާޒަކީ އެމަނިކުފާނު އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ވަރަށްބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ޑރ.އިޔާޒް ވިދާޅުވަނީ ރައީސް ނަޝީދަށް އަލުން ވެރިކަން ނުލިބޭނެފަދަ ގޮތަކަށް އެމްޑީޕީގެ ތެރެއިން ކަންކަން ފަހިވެގެން ދިއުމަކީ ޤައުމަށް އޮތް ހެވެއްކަމަށެވެ. އަދި ނަޝީދުގެ ގޯސް ސިޔާސަތުތައް އެމްޑީޕީގެ ޢާންމު މެމްބަރުންނަށް ވިސްނި އެމަނިކުފާނާ ދުރަށް ދިއުމަކީ ހެޔޮ ފާލެއްކަމަށެވެ.

މިފަހަރު ކުރެއްވި ޓްވިޓުގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރައީސް ނަޝީދުކަހަލަ ފިނޑިއެއް ނޫންކަމަށެވެ. ރައިސް ނަޝީދުގެ ވެރިކަމުގައި ކިތަންމެވަރަކަށް މުޒާހަރާކުރިޔަސް ހެޔޮކަމަށް އެމަނިކުފާނު ވިދާޅުވިކަމަށާ، އެހެންނަމަވެސް ދެމީހަކު އެއްވެލާއިރަށް ބިރުން ދިނީ އިސްތިއުފާކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. އަދި ނަޝީދުގެ އަރިހުގައި އޭރު ތިއްބެވި ވަރަށްގިނަ މީހުން އެހެން އެކަން ނިކުރުމަށް އާދޭސްކުރިކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

އަމިއްލަ އަށް އިސްތިޢުފާގެ ސިޓީ ލިޔެ މަޖްލިހަށް ފޮނުވައި ނާއިބް ރައީސް ވެރިކަމާއި ޙަވާލުވީފަހުން ހިނދިކޮޅު ފިލައިދިޔައިމާ "ބޮލުގައި ބަޑި ޖެއްސީއްޔޭ“ ކިޔާފައި ވާހަކައެއް ހެއްދެވިކަމަށާ، އެވަރުގެ ފިނޑިއަކަށް ދެވަނަ ފުރުޞަތެއް ދޭން ހެޔޮނުވާނެކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

ޑރ.އިޔާޒަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ސިޔާސީ ޙަރަކާތްތަކާއި މުޒާހަރާތަކުގައި އިސްދައުރެއް އަދާކުރި ޢަދާލަތު ޕާޓީގެ އިސް ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
ކޮންމެ ޢިލްމުވެރިޔަކު އިޔާޒުހެން މުނާފިޤު ސިފަތަކެއް ނުހުރޭ.
ގ ގަލަން
ނަސީދު އަކީ ވެސް އިޔާޒު ކަހަލަ ފިޑިއެއްނޫން ކަން ޔަގީން
އ އައިސް
އެހެންވެ ދޯ މުޒާހަރާ އަށް ދެމީހަކު އެއްވެލާ އިރަށް ކަރުނަ ގޭސް ޖަހާ އިޒުރޭލުން ފަލަސްތީން ގަ ދޭ އަނިޔާ ދެނީ