ގަލޮޅު ގެއެއްގައި މަރުވެފައި އޮއްވާ މީހަކު ފެނިއްޖެ

ގަލޮޅު ގެއެއްގައި މަރުވެފައި އޮއްވާ މީހަކު ފެނިއްޖެ

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2020 12:34
0

ގަލޮޅު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެއްސެކެވެ. ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ގަލޮޅު ގެއެއްގައި މީހަކު މަރުވެފައި އޮތްކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު ކުރި 11:57 ހާއިރުކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީމަރުވެފައި އޮތް މީހާ އައިޖީއެމްއެޗަށް މިހާރު ގެންގޮސްފައިވާކަމަށާއި، މިމައްސަލާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަަމށްވެސް ފުލުހުން ބުނެއެވެ.

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު މއިަދު ވަނީ  މާލޭގެ ފަޅުތެރެއިން އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު މަރުވެފައި އޮތް މީހަކު ފެނިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.