ޤުރުއާން އަޑުއިވުމުން ޝައިޠާނާއަށް އުނދަގޫވާނެކަމަށް ވިދާޅުވެ ޢަލީ ރަމީޒް ކުރީގެ ރައީސް މުހައްމަދު ނަޝީީދަށް ރައްދުދެއްވައިފިއެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ޤުރުއާނުގެ އާޔަތެއް ވިދާލުވުމުން ސަލީމްގެ ވާހަކަފުޅު ހުއްޓުވާ މަޖިލީހުގެ ރައީސް ވަނީ ހުރިހާ މެންބަރުންނަކީ ޤުރުއާން ހިތުދަސް ޝައިހުންނަށް ނުވުމުން ޤުރުއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްޚަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށާއި، އެކަމުން އުނދަގޫފުޅުވާކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މިވާހަކަފުޅުތަކާއި ގުޅިގެން ޢަލީ ރަމީޒް ވިދާޅުވީ ޤުރުއާން އަޑުއިވުނީމަ ޝައިޠާނާއަށް އުނދަގޫވާނެކަމަށެވެ.
Quran ge adu ivuneema, shaithaanaa ah undhagoo vaane eve.
— Ali Rameez (@aliramyz) November 24, 2020
މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކީރިތިގުރުއާން ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން މަޖިލިސް ރައީސް ވަނީ ސަލީމް ހުއްޓުވައި މަޖިލީހުގައި ޤުރުއާންނުގެ އާޔަތް ވިދާޅުވެ މާނަ ނުކިޔުމަށް އެދިވަޑައިގެންފައެވެ. މަޖިލިސް ރައީސް ވިދާޅުވީ މިގޮތަށް މިކަން ކުރަންޖެހެނީ އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅަކަށް ނުވެފައި، މަޖިލީހުގައިވެސް ތިއްބެވީ ޤުރުއާން ހިތުދަސް ޝައިހުންނަށް ނުވުމުން ޤުރުއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްޚަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންވުމުން އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު ޤުރުއާނާއި އޭގެ މާނަ ވިދާޅު ނުވުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އިއްޒަތްތެރި މެމްބަރު ބައެއް ފަހަރަށް މިހެން ދަންނަވަން މިހެން މިޖެހެނީ، އަޅުގަނޑު ޤުރުއާން ހިތުދަހެއްނޫން. އެހެންވީމާ އަޅުގަނޑު މިތަނުގައި ރިޔާސަތުގައި އިނދެ، އިއްޒަތްތެރި މެމްބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ދާއިރުގައި، އަޅުގަނޑަށް އޭގެ ކަށަވަރުކަން ސައްޚަ ކުރެވޭނެ ގޮތެއްނޯވޭ. އަޅުގަނޑު ރިޔާސަތުގައި އިނދެ އަޅުގަޑަށް ކަށަވަރު ކޮށްދެވޭކަށް ނޯވޭ، ބައެއް ފަހަރަށް އިއްޒަތްތެރި މެމްބަރުންނަކީ މިތަނުގައި ޝޭހުން މަދު ދީނީ އިލްމުވެރިންނެއްނޫން. އިއްޒަތްތެރި މެމްބަރުންނަކީ އެމަޤަަމަށް ވާހަކަ ދެއްކެވީމާ އަޅުގަނޑަށް ވަރަށްބޮޑު އުދަނގޫ ކަމެއް ދިމާވާތީ އެވާހަކަ ދަންނަވާލީ.
– މަޖިލިސް ރައީސް ވިދާޅުވިއެވެ.
ސަލީމް ވަނީ މަޖިލިސް ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ހިތް ޕުޅުގައި ޤުރުއާނާއިމެދު އޮންނަ ޚިލާފްތަކެއްގެ ސަބަބުންކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ