ބްރޯޑްކޮމްގެ މެމްބަރުކަމުން ގައިސް އިސްތިއުފާ ދެއްވައިފި

ބްރޯޑްކޮމްގެ މެމްބަރުކަމުން ގައިސް އިސްތިއުފާ ދެއްވައިފި

Author
ހުސެއިން
08 ޖެނުއަރީ 2023 04:57
0

ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބުރައީސްގެ މަގާމްގައި ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުން ގައިސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަ ކުރައްވާފައި ނުވިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އެނާ ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ މަސައްކަތަކަށް ވަގުތު ދެއްވުމުގެ ގޮތުންނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނާއިބު ރައީސްކަމަށް ގައިސް ހަމަޖައްސަވާފައިވަނީ، 2019ވަނަ އަހަރު ޑިސެމްބަރު މަހު އެކޮމިޝަންގެ ޖަލްސާއަކުންނެވެ. މި ސަރުކާރު ވެރިކަމަށް އައިސް، ގައިސް ކޮމިޝަންގެ މެމްބަރުކަމަށް ހަމަޖައްސާވާފައިވަނީ، ކޮމިޝަންގެ މެމްބަރުކަމުގައި އޭރު ހުންނެވި ފާތިމަތު ޒައިނާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.