މީ ޝާހުރުކް ހާންއެއް ނޫން

މީ ޝާހުރުކް ހާންއެއް ނޫން

Author
ފާތިމަތު ނާވީ
08 ޖެނުއަރީ 2023 04:59
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާން އާއި ވައަތަރު ކަމަށް ބުނާ އިބްރަހިމް ގަދީރީ، ޝާޙުރުކް ގެ ކުރިއަށް އޮތް ފިލްމް "ޕަޓާން" ގެ ބައެއް 'ލުކް' ތަށް ރިކްރިއޭޓް ކޮށްފިއެވެ.

އެގޮތުން ޕަޓާންގެ 'ބޭޝަރަމް ރަންގް" ލަވައިގައި ޝާހު ބޭނުން ކުރި ކޮސްޓިއުމް ތަކާއި އެއްކަހަލަ ކޮސްޓިއުމް ތަކަކާއި އަދި އެކްޓިންނާއި އެކުގައި އޭނާ އަންނަނީ ގިނަަބައެއްގެ ހިތްތަށް ފަތަހަ ކުރަމުންނެވެ.

އޭނާގެ އިންސްތަގްރާމް އެކައުންޓުގައި އެ ލަވައިގައި ބޭނުން ކޮށްފައިވާ ކޮސްޓިއުމާއި އެކުގައި އޭނާ އަނަނަނީ ވީޑިއޯ ކޮޅުތަށް އަޕްލޯޑް ކުރަމުންނެވެ. އަދި ހަމަ އެހެންމެ ގިން ބައެއްގެ ތަރުހީބު ވެސް އަންނަނީ ލިބެމުންނެވެ.

 

View this post on Instagram

 

A post shared by Ibrahim qadri (@ibrahim__qadri)

އޭނާ ޝާހުއާއި ވައްތަރު ކަމާއި އަދި އެކްޓުކުރުމުން ވަރަށް ބޮޑަށް ޝާހުއާއި ވައްތަރު ކަމަށް އަންނަނީ ބުނަމުންނެވެ. އަދި ހިނގުމާއި ހީލުމުގައިވެސް ގާދިރީ އަންނަނީ ޝާހު ކޮޕީ ކުރަމުންނެވެ. މަޝްހޫރު ތަރިންނާއި ވައްތަރު މީހުން ދޭތެއަކުން އަނަންނަނީ  މަޝްހޫރު ވަމުންނެވެ. އެގޮތުން އައިޝްވަރްޔާ އާއި ވައްތަރު މީހެއްވެސް މިފަހުން ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ޝާހުރުކް ގެ ކުރިއަށް އޮތް ފިލްމް "ޕަޓާން" މި މަހުގެ 25 ވަނަ ދުވަހުގައި ރިލީޒް ކުރާނެއެވެ. ފިލްމްގައި ޝާޙު އާއި އެކުގައި ފެނިގެންދާނީ ދީޕިކާ ޕަދުކޯންއެވެ. މީގެ އިތުރުން ޖޯން އަބްރަހަމް އާއި ޝާބާނީ އާޒްމީ ފަދަ ތަރިންވެސް ފެނިގެންދާނއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.