ޞިއްޙީ ދާއިރާއަށް ކުރިއެރުމެއް އައިކަމަށް ޤަބޫލެއް ނުކުރެވޭ: ޑރ.އިޔާޒު

ޞިއްޙީ ދާއިރާއަށް ކުރިއެރުމެއް އައިކަމަށް ޤަބޫލެއް ނުކުރެވޭ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2023 05:00
0

ސަރުކާރުން ޞިއްޚީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް ގިނަ ވައުދުތަކާއިއެކު އައި ނަމަވެސް، ޞިއްޚީ ދާއިރާއަށް ކުރިއެރުމެއް އައިކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ ރާއްޖޭގެ ޞިއްޚީ ނިޒާމުގައި ޒަމާނުއްސުރެއް އޮތް މައްސަލަ މިހާރުވެސް ހައްލު ނުކުރެވި، ކުރިއަށްވުރެވެސް ޞިއްޚީ ކަންކަން ބޮއްސުން ލާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. އިޔާޒު ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލުގައި ޑޮކްޓަކަށް ދައްކަން އާންމު ރައްޔިތަކު ކުރަންޖެހޭ މަސައްކަތަކީ އެތައް މަހެއް އަދި އެތައް ދުވަހެއްގެ އިންތިޒާރެއްކަމަށެވެ. އަދި ޚިދުމަތް ލިބުމުގައި ހުރި ދަތިކަމާއި ކަންބޮޑުވުން ޑރ.އިޔާޒު ފާހަގަ ކުރެއްވިއެވެ.

ޞިއްޙީ ދާއިރާ އަށް ކުރިއެރުމެއް އައިކަމަށް ޤަބޫލެއް ނުކުރެވޭ. ޑރ އަކަށް ދައްކަން އެޕޮއިންޓްމަންޓެއް ލިބެނީ 2 މަސްފަހުން. ސްކޭންކުރެވެނީ އޭގެ ދެމަސްފަހުން. ސްކޭން ރިޕޯޓް ދެއްކެނީ އޭގެ ދެމަސް ފަހުން.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ އައިޖީއެޗްއެގައި އެމެޖެންސީގައި ޚިދުމަތް ހޯދަން ދާ މީއަށްވެސް ފަސޭހައިން އެމެޖެންސީގައި ޚިދުމަތްދެވޭނެ އިންތިޒާމެއް ނެތްކަމަށެވެ. އެމެޖެންސީގައިވެސް ތިބެންޖެހެނީ ނަންބަރު ނަގައިގެން އެތައް އިރެއް ވަންދެން ކިއުގަކަމަށް އިޔާޒު ވިދާޅުވިއެވެ.

ޚާއްޞަގޮތެއްގައި އައިޖީއެމްއެޗްގެ އެމަރޖެންސީ ބައިގެ ޚިދުމަތްތައް ވަރަށް ދަށް. ކުއްލިކަމެއް ޖެހިގެން ހޮސްޕިޓަލަށް ގޮސް އެތައް އިރެއްވާއިރުވެސް ނަމްބަރު ކިޔޫގައި ހުންނަންޖެހޭ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޚީ ނިޒާމުގެ ކަންކަން ހައްލުނުވެ ދިއުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ޚާއްސަކޮށް ސަރުކާރުގެ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ލަސްވެފައި ލިބޭ ޚިދުމަތްތަކުގެ ފެންވަރާއިމެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ޞިއްޚީ ގޮތުން މިހާރުވެސް އަތޮޅު ތެރޭގެ ގިނަ ރަށްރަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެއަށް އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
Iyaaz thividhaalhu veevahbodu hageegatheh i g mechuga dokutarakah dhehkumakee boduthoofaaneh ekamaku sarukaarun hayaay kadaalaafa bunanee sihheedhaairaa urapuge fenvarah gengosseemey kobaa mimeehunge ladhuhayaah gaumugahuri iburaahimves buhuthaan dhoguhadhanee masodives hama buhuthaan dhoguhadhanee kihaabudu aafaatheh miothee gahumahjehifa isthiufaadheefa rashah dhaanvee
ޤ ޤަރީބް
އައިޖީއެމްއެޗްގައި އޮންނަނީ ކިއު ސިސްޓަމް. ބޭސްފަރުވާއަށް ކިއުގައި ޖެހުން ބޮޑުޖޯކެއް. ނެތްތީތޯ ޒުވާން ބެފުޅަކު ހެލްތް މިނިސްޓަރަކަށް؟؟؟