ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ އަމަލުތަކަށް މަސްއޫލުވާން ޖެހޭނެ މީހެއް: ޚުޡުބާ

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ އަމަލުތަކަށް މަސްއޫލުވާން ޖެހޭނެ މީހެއް: ޚުޡުބާ

Author
ހުސެއިން
06 ޖެނުއަރީ 2023 01:28
0

ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ އަމަލުތަކަށް މަސްއޫލުވާން ޖެހޭނެ މީހެއް ކަމަށާއި، ކީރިތި ޤުރުއާންގައި އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ކުރައްވައި ތެދުމަގު ބަޔަން ކޮށްދެއްވާފައި ވާކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"އަޅުތަކުން ރުޖޫޢަ ވާހުށީ اللهގެ ހަޒުރަތަށެވެ." މި މައުޟޫއަށް ޙާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ، ހެޔޮމަގު ބަޔާން ކުރައްވާފައިވާ ފަދައިން، ނުބައި މަގު އިޚްތިޔާރު ނުކުރުމަށާއި، އެމަގު އިޚްތިޔާރު ކޮށްފި ބަޔަކަށް ކުރިމަތިވެދާނެ ޢަޒާބަކަށް އިންޒާރު ކުރެއްވުން ނުހަނު ގިނަގިނައިން ކީރިތި ޤުރުއާންގައި ވަނީ ތަކުރާރު ކުރައްވާފައެވެ.

ވިސްނުމުގެ ބާރު އިންސާނުންނަށް އެކަނލާގެ ދެއްވާފައި ވެއެވެ.  އެހެންކަމުން، ބޭނުން މީހަކު ކާފިރު ވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ ޢަޒާބު އެބަޔަކަށް ހުރިކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެކެވެ. ބިރުވެރި ވާންޖެހޭ ކަމެކެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުގައި، އިންސާނާ الله އަށް އީމާންވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. އަދި އީމާންވުމުގެ ފައިދާ ހުރީ ހަމަ އެމީހަކަށްކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވެފައިވާ ގޮތުގައި، މާތް الله އިންސާނާއަށް ވަނީ ދެ މަގެއް ދައްކާވާފައެވެ. އެއީ ހެޔޮ މަގާއި ނުބައި މަގެވެ.

އަދި މާތް الله ދެއްވާފައިވާ އިޚްތިޔާރެއްގެ ދަށުން، الله ގެ މިންވަރުފުޅާ ލައިގެން، މި ދެމަގުންކުރެ ކޮންމެ މަގެއްވެސް އިންސާނުންނަށް އިޚްތިޔާރު ކުރެވިދާނެކަމަށާއި، އެ ދެމަގުންކުރެ މަގެއް އިޚްތިޔާރު ކުރުމަށް އިންސާނުންނަށް އެކަލާނގެ މަޖުބޫރު ކުރައްވާފައި ނުވާކަމަށްވެސް ޚުޡުބާގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން، ހެޔޮ މަގު އިޚްތިޔާރުކޮށް، ހެޔޮ މަގުގައި ސާބިތުވެ ތިބެ، ހެޔޮކަންތައް ކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޡުބާގައިވަނީ ގޮވާލައްވާފައެވެ. އަދި، ސުވަރުގޭގެ މަތިވެރި ދަރަޖަތައް ހާސިލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށްވެސް ޚުޒުބާގައި ގޮވާލައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.