ޝާހުރުކް ބުނަނީ މުސްކުޅި ވާހަކަ ނުދެއްކުމަށް

ޝާހުރުކް ބުނަނީ މުސްކުޅި ވާހަކަ ނުދެއްކުމަށް

2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު ބޮޑު ސްކްރީން އަށް އެންބުރި އަންނަށް ބޮލީވުޑްގެ ކިންގް ހާން ނުވަތަ ޝާހުރުކް ހާން އަންނަނީ ތައްޔާރު ވަމުންނެވެ.

އެގޮތުން މިމަހުގެ 25 ގައި އޭނާ އެނބުރި އައުން ފާހަގަ ކުރާ ފިލްމް "ޕަޓާން" ރިލީޒް ކުރާނެއެވެ. ފިލްމް ގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ޝާހު މިހާރު އަންނަނީ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންއެވެ.

އެގޮތުން މިފަހުން އޭނާ ވަނީ ވަނީ ޓުވިޓާގައި "#އާސްކްއެސްއާރްކޭ" ގެ ދަށުން ފޭނުންނަށް އޭނާ އާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައި ސެޝަނެއް ބާއްވާފަ އެވެ. އެ ސެޝަންގައި ބައިވެރިވެ ފޭނަކު ވަނީ ޝާހުގެ ފިލްމް ނުހިގާނެ ކަމަށް ބުނެފައިއެވެ. އަދި މިހާރު އޭނާ މުސްކުޅިވެއްޖެ ކަމަށާއި އަވަހަށް ރިޓަޔާ ވުމަށް ހިޔާލު ވަނީ ދީފައިއެވެ.

މި އަށް ރިޕްލައި ކުރަމުން 57 އަހަރުގެ އެކްޓަރު ބުނީ ބޮޑެތި މީހުންނާއި އެކަހަލަ ވާހަކަ ދައްކަން ނުވާނެ ކަމަށެވެ. މި ސެޝަންގައި ގިނަ ސުވާލުތަކަށް ޝާހު ވަނީ މަޖާ ޖަވާބުތަކެއް ދީޕައިއެވެ.

ލީޑުން ޝާހު އާއި އެކުގައި ދީޕިކާ ޕަދުކޯން ފެނިގެންދާނެ މި ފިލްމްގެ ދެލަވައެއް މިހާރު ވަނީ އާންމުންނަށް ދައްކައިލައިފައިއެވެ. މި ދެލަވައަށްވެސް ލިބިގެން ދިއައީ މަސްހުނި ހިޔާލު ތަކެކެވެ. އެގޮތުން ލަވައިގެ މައްސަލައިގައި ފިލްމް ބޮއިކޮޓް ކުރުމަށް ގޮވައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާ ކޮށްފައިއެވެ. އަދި ޝާހުއަށް މަރުގެ އިންޒާރުވެސް ވަނީ ދީފައިއެވެ.

ފިލްމްގެ ޓްރޭލާ ރިލީޒް ކުރާނީ މިމަހުގެ 10 ވަނަދުވަހުގައި އެވެ. ފިލްމްގެ ކާސްޓުން ޖޯން އަބްރަހްމް އާއި ޝަބާނާ އާޒްމީ ފަދަ ތަރިންވެސް ފެނިގެން ދާނެއެވެ. އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ތުރިލާ އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާފައިވާ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *