ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބޭނުން ވަނީ ކޮމެޑި ފިލްމްއެއް ކުޅެލަން ކަމަށް އޭނާ ބުނެފިއެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ޖާވްނީ ބުނީ ކޮމެޑީ ފިލްމެއް ވަރަށް ކުޅެލާ ހިތްވާ ކަމަށާއި ކޮމެޑި ފިލްމްއެއްގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ.
ކޮމެޑިގެ އިތުރުން ފިލްމް ގައި ވަރަށް ނެށުން ގިނަ ވާންޖެހޭ ކަމަށާއި ކޮމެޑީ އާއި އެކުގައި ނެށުމުގެ ކުނަރުވެސް ދައްކާލުމަކީ ވަރަށް ބެނުން ވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
"ވަރަށް ގިން ޑާންސް ހިމެނޭ ކަހަލަ ކޮމެޑީއެއް ވަރަށް ކުޅެލަން ބެނުން. އަދި ޕީރިއަޑް ފިލްމަކަށް ވެސް އުންމީދު ކޮގެން މިހުރީ. ވަރަށް ކުޅެލަން ބޭނުން. އަބަދުވެސް ބޭނުން ވަނީ ހުނަރު ތަފާތުކޮން ދައްކާލަން."
2018 ވަނަ އަހަރު ފިލްމް "ދަޅަކް" އިން ބޮލީވުޑްއަށް ތައާރަފްވި ބަތަލާ އެންމެ ފަހުން ފެނިހެން ގޮސްފައިވަނީ މިދިއަ އަހަރު ޖާންވީގެ ބައްޕަ މަޝްހޫރު ޕްރޮޑިއުސަރު ބޯނޭ ކަޕޫރު ޕްރޮޑިއުސް ކުރި "މިލީ" އިންނެވެ.
25 އަަހަރު ބަތަލާ ގެ އަތުގައި ބައެއް ޕްރޮޖެކްޓަށް މިހާރުވެސް އެބަހުއްޓެވެ. އެގޮތުން ވަރުން ދަވަން އާއި އެކުގައި އޭނާ ފެނިގެންދާ އަލަތު ފިލްމް "ބަވާލް" އިންނާއި ރާޖްކުމާރު ރާއޯއާ އެކީ "މިސްޓް އެންޑް މިސިޒް މާހީ" އިންނެވެ.