ތާރާ އާއި އާދަރްގެ ލޯބީގެ ގުޅުން ނިމުމަކަށް؟

ތާރާ އާއި އާދަރްގެ ލޯބީގެ ގުޅުން ނިމުމަކަށް؟

Author
ފާތިމަތު ނާވީ
04 ޖެނުއަރީ 2023 08:26
0

ބޮލީވުޑްގެ ޒުވާން ބަތަލާ ތާރާ ސުތާރިއާ އާއި އާދަރް ޖެއިން ގެ ލޯބީގެ ގުޅުން ނިމުކަށް އައިސްފައިވާ ކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ.

މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލަން ކޮށްފައިވަނީ 2019 ވަނަ އަހަރު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައިއެވެ. ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ 2018 ވަނަ އަހަރު ޕާޓީއެއް ތެރެއިން ނެވެ. އެއާއި އެކުގައި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިގެން ދިއައެވެ.

ދެމީހުން ވެސް އުޅުނީ ގުޅުން ސިއްރު ކޮށްގެންނެވެ. ނަމަވެސް 2019 ވަނަ އަހަރު ބޮލީވުޑްގެ މެގަ ސްޓާ އަމިތާބް ބަޗަން ބޭއްވި ދިވާލީ ޕާޓީއަށް ދެމީހުން އެކުގައި ދިއުމާއި ގުޅިގެން އެމީހުންގެ މެދުގައި ގުޅުމެއް އޮންނަ ކަމުގެ ވާހަކަތަށް ދެކެވެން ފެށުމުން އެމީހުން ވަނީ ރައްޓެހި ވެގެން އުޅޭކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Aadar Jain (@aadarjain)

ބޮލީވުޑްގެ ލޯބި ކަޕުލް އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ މި ޖޯޑު ވަކިވާން ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެމީހުންގެ ގާތް މީހަކާ ހަވާލާދީ އީޓައިމްސް އިން ބުނި ގޮތުގައި އެމީހުން މިހާރު ވަނީ ރުޅިވެފައިއެވެ. އަދި ދެމީޙުންވެސް ނަކީވެސް ވަރަށް ވިސްނޭ އަދި ބޮޑެތިވެފައިތިބި ދެމީޙުން ކަމަށާއި އެމީހުން ރުޅިވި ނަމަވެސް ރަހުމަތް ތެރިންގެ ގޮތުގައި ތިބޭނެ ކަމަށް ވަނީ ބުނެފައިއެވެ.

އަދި ދެމީހުން އެކަކު އަނެއްކެއްގެ އެހީއެއް ބޭނުންވާ ވަގުތުގައި އެންމެ ކާރީގައި ދެމީހުންވެސް ވާނެ ކަމަށް ވައުދުވެފައި ވާކަމަށްވެސް ވަނީ ބުނެފައިއެވެ. ނަމަވެސް ރުޅިވި ސަބަބެއް ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Aadar Jain (@aadarjain)

ތާރާ އާއި އާދަރް ވަނީ އެމީހުން ރައްޓެހިވިކަން އިއުލާން ކުރުމަށްފަހު އެކުގައި އެކިތަންތަނަށް ޗުއްޓީ ދަތުރުތަށްވެސް ކޮށްފައިއެވެ. އެދެމީހުން އެކުގައި ވަނީ ރާއްޖެގައިވެސް ޗުއްޓީ ހޭދަކޮށްފައިއެވެ.

އަދި ހަމަ އެއާއި އެކުގައި އާދަރް ނިސްބަތްވާ ކަޕޫރް ހާންދާންއިން ފާހަގަ ކުރާ ހުރިހާ ކަމެއްގައި ތާރާ ބައިވެރިވެއެވެ. އެމީހުން ސޯޝަލް މީޑީއާއަށް ދޫކޮށްލާ ކޮންމެ ފޮޓޯއަކުންވެސް ތާރާ ފެނިގެންދެއެވެ. ނަމަވެސް މިއަހަރު އާއަހަރު ފާހަގަ ކުުރުމަށް ކަޕޫރު ހާންދާން އިން ހިއްސާ ކުރި ފޮޓޯގައި ތާރާއެއް ނެތެވެ.

 

View this post on Instagram

 

A post shared by TARA💫 (@tarasutaria)

2019 ވަނަ އަހަރު "ސުޓޫޑެންޓް އޮފްދަ އިޔާ" އިން ބޮލީވުޑްއަށް ތައާރަފްވި 27 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އެކް ވިލަން ރިޓާންސް"އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.