އެންމަޑިއަށް ކާންދިނުމަކީ މަނާކަމެއް، އެކަންކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

އެންމަޑިއަށް ކާންދިނުމަކީ މަނާކަމެއް، އެކަންކުރާނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

Author
ޢަލީ އާދަމް
30 ޑިސެމްބަރ 2022 09:36
0

ރާއްޖޭގެ ކަނޑުފަޅުގައި ދިރިއުޅޭ އެންމެހައި ބާވަތްތަކުގެ އެންމަޑިއަކީ ޙިމާޔަތްކޮށްފައިވާ ބާވަތްތަކެއްކަމަށާ، އެތަކެއްޗަށް ކާންދީ އޭގައި އަތްލައި އެގެންގުޅެ ބެލެހެއްޓުމަކީ މަނާކަމެއްކަމަށްވާތީ އެފަދަކަންކަން ކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް އެންވަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައިވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވާތީ އަތޮޅުތަކުގެ ރަށްރަށް ދަތުރުކުރާ މީހުން އިތުރުވެފައިވާކަމަށެވެ. އަދި މިހެން ކުރާ ދަތުރުތަކުގައި އެންމަޑިއާއި އެފަދަ ބާވަތްތައް ބަލާލުމުގެ ޝައުޤުވެރިކަން މީހުންގެ ކިބައިގައި ބޮޑުކަމަށާ، އެފަދަ ތަކެއްޗަށް ނޭދެވޭ އަސަރުކުރާނެ ބައެއްކަންކަން ބައެއް މީހުންގެ ކިބައިން ފެންނަމުން ދާކަމަށެވެ.

ސްޓިންގްރޭ ފީޑިން ނުވަތަ އެންމަޑިއަށް ކާންދިނުމަކީ ފަތުރުވެރިކަމުގެ މަގުބޫލު ހަރަކާތެއް ކަމުގައިވީ ނަމަވެސް އެއީ އެތަކެތީގެ ސިއްޙަތަށާއި، އޭގެ ދިރިއުޅުމަށް އަދި އުޅުމަށް ތަފާތު ނޭދެވޭ އަސަރުތައް ކުރިމަތިވެދަނެ ކަމެއްކަމަށް އީޕީއޭއިން ބުނެއެވެ. އޭގެތެރޭގައި ޝޯލިންގ ބިހޭވިއަރ އުފެދުމާއި، ކާންދިނުމުގެ އާދަތަކަށް ބަދަލު ގެނައުމާއި، އެމީހުންގެ ދިފާޢީ ނިޒާމަށް ބުރޫއަރާ ފަދަ ކަންކަން ބެލެހެއްޓުމުން ހަންގަނޑު ފަޅައިގެން ދިއުންފަދަ ކަންކަން ހިމެނޭކަމަށް އީޕީއޭއިން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމަޑީގެ އާބާދީތަކަށް ކާންދިނުމާއި އެތަކެއްޗަށް ޒިޔާރަތްކުރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.