ޕީއެސްއެމްގެ އެމްޑީއަކަށް އަނެއްކާވެސް އަލީ ޚާލިދު، ޝަމީމް ރައީސް އޮފީހަށް

ޕީއެސްއެމްގެ އެމްޑީއަކަށް އަނެއްކާވެސް އަލީ ޚާލިދު، ޝަމީމް ރައީސް އޮފީހަށް

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2022 03:51
0

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިންވެސް އެމަޤާމު ފރުއްވި އަލީ ޚާލިދު އައްޔަން ކޮށްފިއެވެ.

ހަތަރު އަހަރުގެ ދައުރު ހަމަވުމުން އެ ކުންފުނީގެ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމުން އަލީ ހާލިދު ވަނީ މިދިޔަ އާދިއްތަ ދުވަހު ވަކިވެވަޑައިގެންފައެވެ. އޭނާގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމްގެ ދައުރު ޖެހިގެން އައި ދުވަހު ހަމަވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޕީއެސްއެމްގެ އެމްޑީގެ ދެ ވަނަ ދައުރަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން އަލީ ހާލިދު އައްޔަންކުރައްވާނެ ކަމަށެވެ. ނަމަވެސް، ޝަމީމް ހަމަޖައްސާފައިވަނީ ރައީސް އޮފީހުގެ އަންޑަ-ސެކްރެޓަރީގެ މަގާމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑަށް މެމްބަރުން އައްޔަންކުރެވޭނީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ކުންފުނީގެ ބޯޑުގައި ފަސް މެމްބަރުން ތިއްބަވައެވެ.

ޕީއެމްއެމްގެ އެމްޑީގެ ދައުރު ހަމަވި ޢަލީ ޚާލިދަކީ ކުރިން ޓީވީއެމްގެ ސީއީއޯކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމުވެސް އޭނާ ވަނީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ފުރުއްވާފައެވެ. މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ޙައްޖު ކޯޕަރޭޝަނަށާއި ވެމްކޯއަށްވެސް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރައްވާފައެވެ.

ޕީއެސްއެމްއެމްގެ ޑީއެމްޑީގެ މަޤާމު ފުރުއްވި ޝަމީމަކީ ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަމީމަކީ ވީޓީވީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވައި އެތަނުގައި އިސްމަޤާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝަމީމާއި، އަލީ ޚާލިދުގެ ދައުރަކީ ޕީއެސްއެމްގެ ހަޔާތުގައި އެންމެ ހިންގުން ދަށް ދައުރުގެ ގޮތުގައި އެތަނުގެ ގިނަ މުވައްޒިފުން ދެކެއެވެ. ޚާއްސަކޮށް މުވައްޒިފުންގެ ކުރިއެރުމާއި، ތަނުން ފޯރުކޮށްދޭ ޚިދުމަތަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އައި ދައުރެއްގެ ގޮތުގައި ގިނަ މުވައްޒިފުން ދެކެއެވެ. މިދެބޭފުޅުންގެ ދައުރަކީ ޕީއެމްއެމްގެ ހަޔާތުގައިވެސް އެންމެ ގިނަ މުވައްޒިފުން ތަނުން ކެޑިގެންދިޔަ ދައުރެވެ. އެގޮތުން ތަނަށް މުހިންމު އެތައް މުވައްޒިފުން ވަނީ ކުންފުނީގެ ހިންގުމާއިމެދު ހިތްހަމަ ނުޖެހި ކެނޑިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.