ކުރީގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ. މި ފިލްމް އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޕަވަން ކަލިއަންގެ ޕީރިއަޑް އެކްޝަން އެޑްވެންޗަ ފިލްމު "ހަރީ ހަރާ ވީރަ މައްލޫ" އެވެ.
ސައުތުގެ ފިލްމް ތަށް މުޅި ބޮލީވުޑްގައި ވެސް ވަކި ހިއްޕައިލައިފައިވާ މި ދަޑިވަޅުގައި 53 އަހަރުގެ އެކްޓަރު ތެލުގޫ ފިލްމް އަކުން ފެނިގެން ދިއުމަކީ ގިނަ ބަޔަކު މިހާރު ވަރަށް ބޭނުން ވާނެގޮތެކެވެ.
މަޑުމަޑުން ސައުތުގެ ނަން މަޝްހޫރު ތަރިން ބޮލީވުޑްގެ ފިލްމް ތަކުން އަންނަނީ ފެންނަމުންނެވެ. އެފައދައިން ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން ސައުތުގެ ފިލްމްތަކުން ފެނިގެން ދިއުމަކީ ދުރުގައިވާކަމެއް ނޫނެވެ. އެގޮތުން މިހާރުވެސް ސައުތުގެ ސްޓާރުންގެ ބޮޑު ކާސްޓަކާއި އެކުގައި ޝަހުރުކް އަންނަނީ ފިލްމްއެއްގެ މައްސައްކަތް ކުރަމުންނެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ މި ފިލްމްގެ ޑައިރެކްޓަރަކީވެސް ޝައުތުގެ މަޝްހޫރު ޑައިރެކްޓަރެއް ކަމެވެ. އަދި ހަމަ އެހެންމެ ޝާހު އާއި އެކުގައި ފެނިގެންދާނީ ސައުތުގެ ނަންމަޝްހޫރު ތަރިން ތަކެއްކަމެވެ.
"ހަރީ ހަރާ ވީރަ މައްލޫ" އަކީ ކަންގަނާ ރަނާވަތުގެ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޝަނުގައި ވެސް ހިއްސާވި ކްރިޝް ޑައިރެކްޓްކުރާ މި ފިލްމަކީ ތެލެގޫގެ އިތުރުން ހިންދީ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ވެސް ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ކާސްޓްގައި ނިދީ އަގަރްވާލާއި ނަރުގިސް ފަހްރީ އާއި ވިކްރަމްޖީތު ވާކްގެ އިތުރުން އަދިތިޔާ މެނަން ވެސް ހިމެނޭ "ހަރީ ހަރާ ވީރަ މައްލޫ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް 30 ގަ އެވެ.
ކޮމެންޓު ފޮނުވާ