ބޮލީވުޑްގެ އެކްޓަރު ސަލްމާން ހާންގެ އޮފިޝަލް ޓްވިޓާ އެކައުންޓް ހެކް ކޮށްފިއެވެ. މިއަދު ފާހަގަ ކުރަމުން ދާ ސަލްމާންގެ އުފަންދުވަހުގައި އޭނާ ގެ އެކްއުންޓް ހެކް ކުރިކަން އެނާގެ 40 މިލިއަން ފޮލޯވަރުން އެބަތިބެވެ.
މަޝްހޫރު ވިޔަފާރީވެ ވެރިއާ އިލޮން މަސްކް ޓްވިޓާގަތުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރިން ވަނީ ޓްވިޓާ ބޭނުން ކުރުން ހުއްޓާއިލައިފައިއެވެ. އެމީހުން ބުނެފައިވަނީ ޓްވިޓާގެ އަމާންކަން ގެއްލިފައިވާކަމަށެވެ.
އިލޮން އާއި ޖައްސާލައިގެން އުޅޭ ބައެއް ކަމަށް ޝައްކު ކުރެވޭ ބަޔަކު ކުރަމުން އަންނަ މި ހެކްތަކުގެ ސަބަބުން ގިނަ ބަޔަކު ތިބީ މިހާރު ކަންބޮޑޫވެފައިއެވެ. ހެކަރުން ވަނީ ޓުވިޓާގެ ސީއީއޯ އިލޮން އެމީހުންނަށް ފައިސާ ނުދީފި ނަމަ 400 މިލިއަން ޓުވިޓާ އެކައުންޓުގެ ޒާތީ މައުލޫމާތު 'ޑާކް ވެބް' އަށް ލީކު ކޮށްލާނެކަމުގެ އިންޒާރުވެސް ދީފައެވެ.
BREAKING: Hudson Rock discovered a credible threat actor is selling 400,000,000 Twitter users data.
The private database contains devastating amounts of information including emails and phone numbers of high profile users such as AOC, Kevin O'Leary, Vitalik Buterin & more (1/2). pic.twitter.com/wQU5LLQeE1
— Hudson Rock (@RockHudsonRock) December 24, 2022
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ވަރުގަދަ ސެކުއިރިޓީ އެއްވެސް އިންޑިއާ ސަރުކާރުން މިވަގުތު ދެމުން ގެންދަނީ ސަލްމާން ހާން އަށެވެ. އަދި ސަލްމާން މަރާލާނެ ކަމަށް ބުނެ އޭނާ އަށް އިންޒާރު ދިން ފަހުން ސަލްމާން ބޭރަށް ނުކުންނަނީ ސެކިއުރިޓީގެ ފައުޖަކާއި އެކުގައިއެވެ.
މިހާރު ސަލްމާން ހާން އަށް ދެމުން ގެންދަނީ "ވައި ޕްލަސް" ސެކިއުރިޓީއެކެވެ. މިއީ އެގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ފަދަ ބޭފުޅުންނަށް ވެސް ދޭ ފެންވަރުގެ ސެކިއުރިޓީއެކެވެ.
ކޮމެންޓު ފޮނުވާ