ކުޅިވަރުގެ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ޖަރުމަންގެ ޕޫމާ އިން ހުއްދަ ނެތި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފޮޓޯ ޕްރޮމޯޝަނަށް ބޭނުން ކުރުމުން ހިތްހަމަނުޖެހުން ފާޅުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި، ޕޫމާ އާއި ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރި ބަތަލާ އެކަން ކޮށްފައިވަނީ ޕްރޮމޯޝަން އަށް ކަން ހާމަވެއްޖެއެވެ.
މި ޕޯސްޓަށް ފަހު އަނުޝްކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޫމާގެ ޕްރޮމޯޝަންތަށް ފަށައިފައިއެވެ. އަނޫޝްކާގެ ޕޯސްޓްގައި ބުނެފައިވަނީ މީހެއްގެ ފޮޓޯ ޖަހާއިރުގައި ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އަދި އޭނާ އަކީ ޕޫމާގެ އެމްބެސެޑަރު ނޫންކަމަށްވެސް ވަނީ ބުނެފައިއެވެ.

ނަމަވެސް އެއާއި ވިދިގެން ސޯޝަލް މީޑިއާގައި އަނުޝްކާ އަންނަނީ ޕޫމާ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ހިތްހަމަ ނުޖެހިގެން އޭނާ ހިއްސާ ކުރި ޕޯސްޓްއަކީ އެއީ އެބްރޭންޑް ޕްރޮމޯޓް ކުރުމަށް ޖެއްސި ސްޓަންޓެއް ކަމަށް މިހާރު ވަނީ ބުނެފައިއެވެ. އެހެން ކަމުން އޭނާ އަކީ މިހާރު ޕޫމާ އިންޑިއާގެ އެމްބެސެޑަރު ކަމަށް ލަފާކުރެވެއެވެ.
އަނުޝްކާ ހޯމަ ދުވަހު ޕޫމާއާ މެދު ހިތްހަމަނުޖެހިފައި ހުރި ކަމަށް ހެދުނީ އޭނާ ޕޫމާގެ ސްޕޯޓްސްވެއާ ލައިގެން ހުރި ފޮޓޯތަކެއް އެ ބްރޭންޑުގެ އިންޑިއާގެ އިންސްޓަގްރާމު ޕޭޖުގައި ޕޯސްޓު ކުރުމުންނެވެ. އޭގެ ފަހުން އަނުޝްކާ ވަނީ ޕޫމާ ބްރޭންޑުގެ ހެދުން ލައިގެން ހުރި ފޮޓޯތަކެއް އިންސްޓަގްރާމުގައި ޕޯސްޓުކޮށްފަ އެވެ. އެއީ 'ޕެއިޑް ޕާޓްނާޝިޕް’ގެ ދަށުން ޕޫމާއާ އެކު ޕޯސްޓުކޮށްފައިވާ ފޮޓޯތަކެކެވެ.
ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 34 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ފިލްމު "ގަލާ" ގެ ހާއްސަ ފެނިލުމަކުންނެވެ. ދެހާސް އަށާރައިގެ "ޒީރޯ" އަށް ފަހު އަނުޝްކާ އެނބުރި އަންނަން އޮތް ފިލްމަކީ ކްރިކެޓް ފިލްމެއް ކަމަށްވާ "ޗަކްދާ އެކްސްޕްރެސް" އެވެ.
ކޮމެންޓު ފޮނުވާ